
އެގޮތުން ކިޓްކެޓަށް މިހާރު 85 ފަސްއަހަރު ވަނީ ފުރިފައެވެ. މިއީ ގިނަބަޔަކަށް ނޭނގޭ ވާހަކައެއްކަން ޔަގީނެވެ. އެގޮތުން ކިޓްކެޓް ވުޖޫދަށް އައީ އޮގަސްޓް 29، 1935 ގައި ލަންޑަންގަ އެވެ. އަދި އެ ޗޮކްލެޓްގެ ބޮޑު މިނުގައި ހުރީ ހަތަރު އިނގިއްޔާ އެއްވަރެކެވެ.
ފުރަތަމަ އުފެށްދުނު ކިޓްކެޓް
މީގެ އިތުރުން ކިޓްކެޓްގެ ނަން ވަނީ އެތައް ފަހަރެއްގެ މަތިން ބަދަލު ކޮށްފައެވެ. އެގޮތުން އެންމެ ފުރަތަމަ ކިޔުނީ ރޮއުންޓްރީ ޗޮކޮލެޓް ކިރިޕްސެވެ. އަދި އޭގެ ދެ އަހަރު ފަހުން އެއަށް ކިޓްކެޓްގެ ނަންދެވުނެވެ. މި ނަން ދެވިފައިވަނީ ލަންޑަންގެ ކިޓްކެޓް ކުލަބުގައި މި ޗޮކޮލެޓަކީ އޭރު ވަރަށް ގިނައިން މީހުން ކައި އުޅޭ އެއްޗަކަށްވާތީ އެވެ. މި ޗޮކޮލެޓްގެ ނަންބަދަލުވެގެން ދިޔަކުގައި ވިޔަސް އާންމުންގެ ތެރޭގައި ކިޓްކެޓް މި ނަން ހަރުލީ 1949 ގައެވެ.
ކިޓްކެޓްގެ އުރަ ކުރިން ހުންނަނީ ނޫ ކުލައިގައެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރުގައި ކިޓްކެޓް ގެ އުރަ ހުންނަނީ ނޫ ކުލައިގައެވެ. ބޮޑުތަދުގެ ހާލަތުގައި ކިޓްކެޓް އުފައްދާ ކުންފުށްޏަށް ޗޮކޮލެޓް ހަދަން ކިރު ނުލިބުމުގެ ސަބަބުން އެމީހުން އެ ޗޮކޮލެޓްގެ އުރަ ނޫކުލަޔަށް ބަދަލުކޮށް ހުސް ކޮކޯ ބޭނުންކޮށްގެން ޗޮކޮލެޓް ހެދިއެވެ.
ނޫ ކިޓްކެޓް
ރޮއުންޓްރީ ކުންފުނީގެ އެންމެ މަޝްހޫރު އަދި އެންމެ ބޮޑަށް މީހުންގެ ތެރޭގައި ހިނގި ހަމައެކަނި އުފެއްދުމަކީ ކިޓްކެޓެވެ. އެ ޗޮކޮލެޓް އުފެއްދިތާ އެންމެ 2 އަހަރު ތެރޭގައި ކިޓްކެޓް ވަނީ އެންމެންގެވެސް މަގުބޫލް ޗޮކޮލެޓަށް ވެގެން ގޮސްފައެވެ. 1988 ގައި ނެސްޓަލްއިން ރޮއުންޓްރީ ކުންފުނި ގަތްއިރު ވެސް ކިޓްކެޓް ވަނީ ވަރަށް މަޝްހޫރުވެފަ އެވެ.
މިހާރު މުޅި ދުނިޔޭގައި ކިޓްކެޓްގެ 300 ބާވަތް ލިބެން ހުރެއެވެ. ކިޓްކެޓްގެ އެންމެ ފުރަތަމަ ބާވަތް ނެރުނީ 1996 ގައި އެވެ. އެއީ އޮރެންޖް ފުލޭވާ އެވެ. 200 ލިމިޓެސް އެޑިޝަނުން ވެސް ކިޓްކެޓް ނެރިފައިވެ އެވެ. އެއީ 2000 ވަނަ އަހަރުގައި ޖަޕާން ސަރަހަށްދުގައެވެ. އެއީ ވަސާބީ، ސޭކް، މީސޯ ސޫޕް އަދި ޓޯކިޔޯ ބަނާނާ ކަހަލަ ބާވަތްތަކެވެ.
ކިޓްކެޓްގެ ބާވަތްތައް
ކުރިއެކޭ އެއްގޮތަށް މިހާރު ވެސް ކިޓްކެޓަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް މަގުބޫލް ޗޮކޮލެޓެކެވެ.