ads
ޒައިދު އާއި ގޯހަރު--
ގޯހަރާއި ޒައިދު ކައިވެނިކޮށްފި
މަޝްހޫރު ފިލްމީ ތަރި ގޯހަރު ހާން އާއި އޭނާގެ ލޯބިވެރިޔާ ޒައިދު ކައިވެނިކޮށްފި އެވެ.
Advertisement

މުމްބާއީގައި އޮތް ހަފުލާއެއްގައި މި ދެ ތަރިން ކައިވެނިކުރިއިރު އެމީހުންގެ ކައިވެނީގެ ހަފުލާ އޮތީ އިންޑިއާގެ ސަގާފަތާ ވެސް އެއްގޮތަށެވެ. 

ކައިވެނިކުރިއިރު ދެ ތަރިން ވަނީ ލޮކްޑައން ސްޓޯރީގެ ނަމުގައި އެމީހުންގެ ލޯބީގެ ހަޔާތް ވެސް ހިއްސާކޮށްފަ އެވެ.

ގޯހަރުގެ "ލޮކް ޑައުން ސްޓޯރީ" ފެންނަގޮތުން ގޯހަރް އާއި ޒައިދު އެންމެ ފުރަތަމަ ދިމާވަނީ ލޮކްޑައުންތެރޭ ވިޔަފާރިކުރަން އުޅެނިކޮށެވެ. ދެން ޓެކްސްޓް މެސެޖުން ވާހަކަދެއްކެމުން އައިސް އެޔަށްފަހު ދުއްވާލަން ނިކުތުމުން ފެށިގެން ވީޑިއޯކޯލުން ގުޅުން އިތުރަށް ބަދަހިވެ، އެންމެ ފަހުން ޒައިދުު އިންނަން އަހައެވެ. 

ބިގްބޮސް އިން ވެސް ފެނިގެންދިޔަ ގޯހަރަކީ ބޮލީވުޑުގެ ފިލްމުތަކުން ވެސް ފެނިގެންދިޔަ ތަރިއެކެވެ. އަދި ޒައިދަކީ ކޮރެއޮގްރާފަރެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް