ads
ކޮވިޑް-19
ކޮވިޑް-19: ރާއްޖެއިން ޓެސްޓުކުރި ސާމްޕަލްގެ އަދަދު 3 ލައްކައިން މައްޗަށް
ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޓެސްޓުކުރި ސާމްޕަލްގެ އަދަދު އަދަދު 3 ލައްކަ އަށްވުރެ މައްޗަށް އަރައިފިއެވެ.
Advertisement

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިއަދު އާންމުކުރި ހިސާބުތަކުގައި ވާގޮތުން މިހާތަނަށް ރާއްޖެއިން ކޮވިޑަށް 301،481 ސާމްޕަލް ވަނީ ޓެސްޓު ކޮށްފައެވެ. 

ފަހަކަށް އައިސް ދުވާލެއްގެ މައްޗަށް ޓެސްޓުކުރާ ސާމްޕަލްގެ އަދަދުވެސް އެޗްޕީއޭއިން ވަނީ އިތުރު ކޮށްފައެވެ. އެގޮތުން މިހާރު އާންމުކޮށް ދުވާލެއްގެ މައްޗަށް 2000 އަށްވުރެ ގިނަ ސާމްޕަލް އަންނަނީ ޓެސްޓު ކުރަމުންނެވެ. 

ރާއްޖެއިން މިހާތަނަށް ޓެސްޓުކުރި ސާމްޕަލްގެ އަދަދު ތިންލައްކަ ފަހަނަ އަޅާ ދިޔައިރު މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިފައިވަނީ 13،583 މީހުންނަށެވެ. އަދި އޭގެ ތެރެއިން 13،026 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. 

އެކްޓިވް ކޭސްތަކުގެ އަދަދު 502 ގައި އުޅޭއިރުސް އަދިވެސް ކޮމިއުނިޓީ ސްޕްރޭޑް އޮތީ މާލެ ސަރަހައްދުގައެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން މާލެ ސަރަހައްދުގައި އެޅި ފިޔަވަޅުތަކަށް ވަނީ ލުއިދީފައެވެ. އެގޮތުން މިހާރު މާލެ ސަރަހައްދުގައި ކުރިން އޮތް ކާފިއުވެސް ވަނީ އުވާލާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް