ads
ވެލާނާ އެއާޕޯޓަށް މިއަދު ޖެއްސި އަޒުރު އެއާ ޔޫކްރެއިންގެ ފްލައިޓް--- ފޮޓޯ: އެމްއޭސީއެލް
އަޒުރު އެއާ ޔޫކްރައިނުން ރާއްޖެއަށް ދަތުރުތައް ފަށައިފި
އަޒުރު އެއާ ޔޫކްރެއިނުން ރާއްޖެއަށް ހާއްސަ ދަތުރުތަކެއް ފަށައިފި އެވެ.
Advertisement

މިއަދު އަޒުރު އެއާ ޔޫކްރެއިނުން ރާއްޖެއަށް ދަތުރުތައް ފަށާފައިވާ އިރު، މިއީ އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ބާއްވާ ފުރަތަމަ ފަހަރެވެ. 

މިއަދުގެ ފަތިހުގެ ވަގުތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ފްލައިޓުން ފުލްކޮށް 311 ފަސިންޖަރުން އައިސްފައިވާ އިރު، އެ ފްލައިޓުން އައި ފަރާތްތަކަށް ވެލާނާ އެއާޕޯޓުން ވަނީ ހޫނު މަރުހަބާ އެއް ކިޔައިފަ އެވެ.

އަންނަ މާޗް މަހުގެ ނިޔަލަށް ޔޫކްރެއިންގެ ކިއެވް އިން ވެލާނާ އެއާޕޯޓަށް އަޒުރު އެއާ ޔޫކްރައިނުން މި ދަތުރުތައް ކުރާއިރު، ޖުމްލަ 17 ދަތުރެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އަޒުރު އެއާ ޔޫކްރައިންގެ ބެލެނިވެރި ކުންފުނި ކަމަށްވާ އަޒުރު އެއާ އިން އަންނަނީ ރަޝިއާ އާއި ރާއްޖެއާއި ދެމެދު ހަފްތާއަކު ދަތުރެއް ބާއްވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް