
އެ މަޝްވަރާތައް ކުރައްވާފައި ވަނީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް، ޑަބްލިއުއެޗްއޯގެ ރާއްޖޭގެ އޮފިސް މެދުވެރިކޮށެވެ.
ވެކްސިން ހޯދުމަށް ޑަބްލިއުއެޗްއޯއާއެކު މަޝްވަރާކުރެވުނުއިރު އެ ޖަމިއްޔާ އިން އަންނަނީ ކޮވިޑް-19 އިން އަރައިގަތުމަށް ފަންނީ އެހީތެރިކަމާއި މާލީ އެހީތެރިކަން ވެސް ރާއްޖެއަށް ފޯރުކޮށްދެމުންނެވެ.
އަންނަ އަހަރުގެ ކުރީކޮޅު ވެކްސިން ލިބޭނެ ކަމަށް މީގެ ކުރިން އެޗްއީއޯސީން ބުނެފައިވާއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ހިލޭ ވެކްސިން ލިބޭނެ ކަމަށް ވެސް ވިދާޅުވެފަ އެެވެ.
ކޯވެކްސް ފެސިލިޓީގެ ދަށުން ރާއްޖޭގެ އާބާދީގެ 20 އިންސައްތައަށް ވެކެސިން ލިބޭނެ ކަމަށާއި، އެކަމަށް ބޭނުންވާ ޕްރޮޕޯސަލްތައް ހެދުމާއި، ވެކްސިން ލިބޭ މިންވަރަކުން ވެކްސިން ޖަހާނެ ފަރާތްތައް ގިންތި ކުރުމުގެ މަސައްކަތް ހަލުވިކަމާއިއެކު ކުރެވެމުންދާއިރު އެންމެ ފުރަތަމަ ވެކްސިން ދޭން ނިންމާފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންނާއި ހައި ރިސްކް މީހުންނެވެ.
އަންނަ އަހަރުގެ ކުރީކޮޅު ރާއްޖެއަށް ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ބެޗް ލިބޭއިރު ވެކްސިން ލިބޭނީ އެކި ބެޗް ބެޗަށެވެ. ރާއްޖެއަށް ވެކްސިން ލިބެމުންދާ ވަރަކުން ވެކްސިން ޖަހަމުން ގެންދާނެކަމަށް ވެސް އެޗްއީއޯސީން ބުނެ އެވެ.