ads
މެމްބަރު މުހައްމަދު ސައީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ކުރީގެ ޖަރީމާތައް ބެލުމާއި ދެކޮޅަށް ސައީދު ވާހަކަ ދައްކަވައިފި
އިންތިގާލީ އިންސާފުގެ ގާނޫނާއެކު ރުޅިވެރިކަމާއި ބައިބައިވުން އުފެދިގެންދާނެ ކަމަށް ވިދާޅުވެ، އެ ބިލާ ދެކޮޅަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވާހަކަ ދައްކަވައިފި އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނަކީ، 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި، ތަހްގީގުކޮށް، ހަގީގަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށަހެޅުމުގެ ގާނޫނެކެވެ. 

އެހެންނަމަވެސް، އެ ގާނޫނާ ދެކޮޅަށް މިއަދު ސައީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ސުނާމީގެ ބިރުވެރި ހާލަތުން އަރައިގަތީ އެކުގައި ކަމަށާއި 16 އަހަރަށް ފަހު މިގައުމުގެ ރައީސްއަށް، އެއްބައިވަންތަކަމަށް ވުރެ ބޮޑަށް ވިސްނުނު އެންމެ މޮޅު އުކުޅަކީ 1953 އާއި ހަމައަށް އަތްފުނަ އަޅައި ފަރުދުންގެ މައްސަލަތައް އުފަންކޮށް ނަފުރަތާއި ރުޅިވެރިކަމާއި ބައިބައިވުން އުފެއްދުން ކަމަށެވެ. 

ސައީދު މިފަދަ މޭރުމުން ޓްވީޓު ކުރައްވާފައި މިވަނީ މިއަދު ފާހަގަކުރަމުންދާ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެންނެވެ. މި ދުވަހަކީ ސުނާމީ ކާރިސާއިން އަރައިގަތުމަށް ދިވެހި ރައްޔިތުން ދެއްކި އެއްބައިވަންތަކަމާއި ގުޅިގެން ފާހަގަކުރާ ދުވަހެކެވެ. 

ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުން ފެށިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަތުމާއި ހަމައަށް ރާއްޖޭގައި ހިނގާފައިވާ އަނިޔާގެ މައްސަލަތައް ބެލުމަށް ގާނޫނެއް ވުޖޫދުކުރިއިރު މީގެ ކުރިން ވެސް އެކަމާއި ދެކޮޅަށް ބައެއް ފަރާތްތަކުން ވާހަކަ ދެއްކި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް