ads
މިފްކޯގެ މަސް ބޯޓު ރަންދި 20:
މިފްކޯ ހަރުދަނާކޮށް ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކުރަނީ
މިފްކޯގެ ވަސީލަތްތައް އިތުރަށް ތަރައްގީކޮށް، މަސްވެރިންނާއި އާންމުންގެ ބައިވެރިވުން އޮންނަ ގޮތަށް ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކުރެވޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފައުޒީ ވަނީ މިފްކޯގެ ތަރައްގީއަށް ރާވާފައި ހުރި ކަންތައްތަކާއެކު މަސްވެރިންގެ ޝަކުވާތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

ފައުޒީ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި މިފްކޯއަކީ މަސްވެރިންގެ އަތުން މަސްގަނެ، އެ ޕްރޮސެސްކުރެވޭނެ ކުންފުންޏަކަށް ވެގެންދާނެ އެެވެ. އެގޮތުން މިފްކޯގެ ވަސީލަތްތައް ތަރައްގީކުރުމަށް އަންނަ އަހަރު 50 މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރުގެ މަޝްރޫއެެއް ރޭވިފައިވާކަން ފާހަގަކުރައްވާ ވިދާޅުވީ އެއާއެކު މަސްވެރިންގެ ކަންބޮޑުވުންތަކަށް ވެސް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ފައުޒީ ވިދާޅުވި ގޮތުގައި މިފްކޯ އިން ރާވާފައިވާ މަޝްރޫއުތަކުގެ ތެރޭގައި އެކި ރަށްރަށުގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީ އާއި ބްރައިން ފެސިލިތީ ގާއިމުކުރުން ހިމެނެ އެވެ.

މީގެ ހަތަރު އަހަރުކުރިން، 2016 ގައި އެސްޓީއޯގެ ދަށުން މިފްކޯ އިން ހިންގަން ފެށުނުއިރު އެ ކުންފުންޏަކީ އެސްޓީއޯގެ 99.99 ޕަސަންޓް ހިއްސާ އާއި އެސްޓީއޯގެ ސަބްސިޑަރީއެއް ކަމަށްވާ އެލައިޑް އިންޝުއަރެންސްގެ 0.01 ޕަސަންޓް ހިއްސާވާ ކުންފުންޏެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް