މިއަދު ޔޫއައިއޭ އިން ރާއްޖެއަށް ކުރާ ދަތުރުތައް ފަށާފައިވާ އިރު، އަންނަ މަހުގެ ނިޔަލަށް އެ އެއާލައިންގެ ދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ޔޫއައިއޭގެ ދަތުރުތައް ބާއްވަނީ ޔޫކްރެއިންގެ ވެރިރަށް ކިއެވް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކަމަށްވާ އިރު، މިއަދު އައި ބޯޓުން 277 ފަތުރުވެރިން އައިސްފައިވެ އެވެ.
ކޮންމެ އަހަރަކުވެސް ފަތުރުވެރިކަމުގެ ހައި ސީޒަނާއި ދިމާކޮށް ޔޫއައިއޭ އިން ރާއްޖެއަށް ހާއްސަ ދަތުރުތަކެއް ބާއްވަ އެވެ.
ޔޫއައިއޭގެ އިތުރުން ޔޫކްރެއިންގެ އަޒުރު އެެއާ ޔޫކްރެއިނުން ވެސް ވަނީ މިއަދު ރާއްޖެއަށް ދަތުރު ފަށައިފަ އެވެ.