ads
އަރްޖުން ކަޕޫރު--
ދިހަ ސިކުންތަށް ވެސް ދުވެނުލެވޭ އަރުޖުން 140 ކިލޯގެ ބަރުދަން ލުއިކުރި ގޮތް މިއޮތީ!
ބޮލީވުޑުގެ ތަރި އަރުޖުން ކަޕޫރު އަންނަނީ އެތައް މިލިއަން އަންހެން ކުދިންގެ ހިތްތަށް ކަތިލަމުންނެވެ. އިޝްގްޒާދޭ އިން ބޮލީވުޑަށް ފައި އެޅި އަރުޖުން ފެންނަނީ ވަރަށް "ފިޓް" ކޮށް ވަރަށް ވެސް ރީއްޗަށެވެ. އެކަމަކު މިއަދު އަރްޖުން ފެންނަ އެ ރީތި ބައްޓަމަށް އެ ފެންނަނީ ނިކަން ގަދައަޅާ އޭނާ ކުރި މަސައްކަތްތަކެއްގެ ސަބަބުންނެވެ.
Advertisement
ބޮލީވުޑުގެ ތަރި އަރުޖުން ކަޕޫރު އަންނަނީ އެތައް މިލިއަން އަންހެން ކުދިންގެ ހިތްތައް ކަތިލަމުންނެވެ.

އިޝްގްޒާދޭ އިން ބޮލީވުޑާ ގުޅުނު އަރުޖުން ފެންނަނީ ވަރަށް "ފިޓް" ކޮށް ވަރަށް ވެސް ރީއްޗަށެވެ. އެކަމަކު މިއަދު އަރްޖުން ފެންނަ އެ ރީތި ބައްޓަމަށް އެ ފެންނަނީ ނިކަން ގަދައަޅާ އޭނާ ކުރި މަސައްކަތްތަކެއްގެ ސަބަބުންނެވެ.

ފިލްމީ ދާއިރާއަށް ތައާރަފުވުމުގެ ކުރިން 140 ކިލޯ ބަރުދަނުގައި ހުރި އަރްޖުންއަށް އޭރު 10 ސިކުންތަށް ދުވެލެވޭނެ ހިތްވަރު ވެސް ނުހުރެ އެވެ. އުމުރުން އެންމެ 22 އަހަރުގައި އޭނާ ނޭވާ ހިތްލާ ބަލީގެ ޝިކާރައަކަށްވެސް ވިއެވެ. އެކަމަކު އޭރުސް ހިކުމަށް އޭނާގެ ވިސްނުމެއް ނެތެވެ. އެހާ މަސައްކަތް ކުރާނެ ހިތްވަރު ގައިގައި ނެތިފައި އޭރު ތައްޔާރީ ކާނާއަށް ވެސް އޭނާގެ ހިތުގައި އޮތް ލޯބި ބޮޑެވެ.

އުމުރުން މިހާރު 34 އަހަރުގެ އަރްޖުން ހިކެން މަސައްކަތް ކުރީ ކެމެރާގެ ފުރަގަހުގައި މަސައްކަތް ކުރުމަށް ފަހު ކެމެރާގެ ކުރިމައްޗަށް އަރާ އެކްޓުކުރުމުގެ ޝައުގުވެރިކަން އުފެދުނު ހިސާބުންނެވެ.

އަރްޖުން ބުނި ގޮތުގައި އޭނާ އެކްޓަރަކަށް ވާން ބޭނުންވުމުން ސަލްމާން ހާނު އެންމެ ފުރަތަމަ ވެސް ބުނީ އެއަށް ވުރެ ބަރުދަން ލުއިކޮށް ފިޓް ވުމަށެވެ. ހީރޯއިން ތިބޭހެން ސިކްސް ޕެކްގައި ހުރުމުގެ ހުވަފެން އެ ދުވަހު ދެކި އެކަން ހަގީގަތަކަށް ހަދަން އަޒުމު ކަނޑައެޅީ ދެން އެނޫން ގޮތެއް ނެތް ކަމަށް ދެކިގެން ކަމަށްވެސް އަރްޖުން ބުނެ އެވެ.

އަރްޖުން ބުނި ގޮތުގައި ބަރުދަން ލުއި ކުރުމަށްޓަކައި އޭނާ ދާން ފެށީ ޖިމަށެވެ. އެގޮތުން އެތަނުގައި ހިކުމަށްޓަކައި ތަފާތު އެކި ކަޝްރަތުތައް ކުރަން ފެށި އެވެ. އަރްޖުން ބުނި ގޮތުގައި އެއް ފަހަރާއި އެހާ އަވަހަށް ބަރުދަން ލުއި ވާނެ ކަމަށް އޭނާ ގަބޫލެއް ނުކުރެ އެވެ. އަދި އެކަން ނުވެގެން މާޔޫސްވާ ވަރެއް ވެސް ނުވެ އެވެ. އަރްޖުން ބުނީ އޭނާއަށް 50 ކިލޯ ލުއިކޮށްލެވުނީ ހަތަރު އަހަރުން ކަމަށެވެ.

- އަރްޖުން

ކަސްރަތު ކުރުމުގެ އިތުރުން ކެއުމަށް ވެސް ހާއްސަ ސަމާލުކަމެއް ދޭން ފެށި އެވެ. އަރްޖުން ބުނީ އެއް ވަގުތެއްގައި މެކް ޑޮނާލްޑް ހަ ބާގާ ކާ ކަމަށެވެ. އަދި ތައްޔާރީ ކާނާ ވަރަށް ކާހިތްވި ނަމަވެސް ރަނގަޅު ޑައިޓް ޕްލޭނެއް ނެތި ހިކެން މަސައްކަތް ކުރިއަސް ރަނގަޅު ނަތީޖާއެއް ނުފެންނާނެ ކަން ގަބޫލުކުރާ ކަމަށެވެ. އަދި މިހާރު އޭނާ އުޅެނީ ތައްޔާރީ ކާނާއާ ވަރަށް ދުރުގަ އެވެ. އަދި ކަނީ ވެސް ސިއްހަތަށް ފައިދާ ހުންނަ ކާނާގެ ބާވަތްތަކެވެ.

އަރްޖުން ވަނީ އަމާޒަށް ވާސިލުވުމަށް ވަކި ތާރީހެއް ކަނޑަނާޅާ ކެތްތެރިކަމާއެެކު މަސައްކަތްކޮށްފިނަމަ މަންޒިލަށް ވާސިލުވެވޭނެ ކަން ޔަގީންކޮށްދީފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް