ads
މިރޭގެ ޖަލްސާގެ ތެރެއިން
އިދިކޮޅު ޖަލްސާގައި ފިލްމީ ދާއިރާއަށް މަލާމަތްކޮށް ފާޑުކިޔައިފި!
އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ފިލްމީ ދާއިރާއަށް މަލާމަތް ކޮށްފި އެވެ.

އެގޮތުން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ކުރެވޭނެކަމަކީ ފިލްމު ޕްރޮޑިސް ކުރުން ކަމަށެވެ.

އަދި ރައީސް ޕްރޮޑިއުސް ކުރެއްވި ފިލްމަށް ކިޔަނީ "ލޭ ކަރުނަ" ކަމަށެވެ. އަދި ފިލްމު ޕްރޮޑިއުސް ކުރުމަށްފަހު ރައީސް ކީރިތި ކުރައްވަނީކަމަށް ވެސް މަލާމާތުގެ ރާގަށް ވިދާޅުވިއެވެ. 

"ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެންމެ ރަނގަޅައް ކުރައްވާ ކަމަކީ ފިލްމު ޕްރޮޑިއުސް ކުރުން،" - ހީނާ-  

ހީނާ މިހެން ވިދާޅުވުމުން ޖަލްސާގެ ބައިވެރިން ވަނީ ހީ އަތްތިލަބަޑި ޖަހާފައެވެ. 

މި މައްސަލަައިގައި ފިލްމީ ދާއިރާގެ ފަންނާނުން ގެންދަނީ ހީނާގެ ވާހަކަ ތަކަށް ފާޑު ކިޔަމުންނެވެ. 

  

32%
ކަމުގޮސްފި
26%
އަޑުއެހިތާ މިހުރީ
12%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް