ads
ރައީސް މައުމޫން---
ކޮވިޑްގެ އަދަދުތައް ހިފެހެއްޓުނީ އެއްބައިވަންތަކަމުން: އެމްއާރުއެމް
ކޮވިޑް-19 ބަލި ޖެހޭ މީހުންގެ އަދަދު ދަށުގައި ހިފެހެއްޓިފައި މިވަނީ އެއްބައިވަންތަކާމާއެކު ފިޔަވަޅުތަކަށް ރައްކާތެރިވުމުން ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފި އެވެ.

އިއްޔެ ފާހަގަކުރި އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން އެމްއާރުއެމް އިން ނެރުނު ބަޔާނެއްގައި ބުނީ ސުނާމީ ކާރިސާއާ ގުޅިގެން ދިވެހި ރައްޔިތުން ދެއްކީ އެއްބައިވަންތަކަން ކަމަށާއި އެ ދުވަހުގެ އެ ނާޒުކު ދަނޑިވަޅުގައި ދިވެހި ރައްޔިތުން ދެއްކި ދުލާއި ގަލަމުން ބަޔާން ނުކުރެވޭ ފަދަ އެއްބައިވަންތަކަމެއް ކަަމަށެވެ. 

އެމްއާރުއެމުން ބުނީ ސުނާމީ ކާރިސާގައި ދިވެހި ރައްޔިތުން ދެއްކި މަތިވެރި ގައުމީ ރޫހުގެ ހަނދާން އާކޮށް، އެއިން އިބްރަތް ލިބިގަންނަން ޖެހޭ ކަމަށާއި އެ ދުވަހު ދިވެހި ރައްޔިތުން އިސްކުރީ ގައުމީ މަސްލަހަތާއި ގައުމީ އެއްބައިވަންތަކަން ކަމަށެވެ. 

އެގޮތުން ކޮވިޑް-19 ގެ މިހާލަތުގައި ވެސް ދިވެހިންގެ ކިބައިން އެއްބައިވަންތަކަން ފެނިގެންދާކަން ފާހަގަކުރި އެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެއްބައިވަންތަކަމާއެކު ސަމާލުވުމުން ކޮވިޑްގެ ނަމްބަރުތައް ހިފެހެއްޓުންކަން ފާހަގަކުރި އެވެ. 

"ކޮވިޑް-19 ގެ މިހާލަތުގައިވެސް ސަރުކާރާއެކު ދިވެހި ރައްޔިތުން ދައްކުވައިދެއްވާފައިވަނީ ގައުމީ އެއްބައިވަންތަކަމެވެ. އަދި ކޯވިޑް-19 ބަލި ޖެހޭ މީހުންގެ އަދަދު ދަށުގައި ހިފެހެއްޓިފައި މިވަނީ އެއްބައިވަންތަކާމާއެ ބައިވަންތަކާމާއެކު، އަޅުގަނޑުމެން ސަމާލުވެ ތިބެ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ދޫކޮށްނުލާތީއެވެ،"

މީގެ 16 އަހަރުކުރިން، 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ކާރިސާގައި މިދުނިޔެ ދޫކުރި ދިވެހީންނާއި ގެއްލުނު ދިވެހީންގެ ޖުމްލަ އަދަދު 108 އަށް އަރައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް