ads
ފޮޓޯ: އެމްއޭސީއެލް
ބޭރުގެ ފްލައިޓުތައް އިތުރުވާތީ، އެތެރޭގެ އުދުހުންތައް ނޯތު އެޕްރަންއަށް ބަދަލުކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ އިންޓަނޭޝަނަލް ފްލައިޓްތައް އިތުރުވަމުންދާތީ ފްލައިޓްތަކަށް ޖާގަ ދިނުމަށް އެއާޕޯޓްގެ އޮޕަރޭޝަންތަކަށް ބަދަލުގެނެސްފި އެވެެ.

އެއާޕޯޓް ހިންގާ ކުންފުނި، އެމްއޭސީއެލުން ބުނީ އެއާޕޯޓަށް ޖައްސާ އިންޓަނޭޝަނަލް ފްލައިޓްތައް އިތުރުވަމުންދާތީ އެ ފެލައިޓްތަކަޑް ޖާގަ ދިނުމަށް ރާއްޖޭގެ އެތެރޭގެ އުދުހުންތައް އެއާޕޯޓްގެ ނޯތު އެޕްރަންއަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. 

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރި ފަހުން މަހުން މަހަށް އަންނަ ފްލައިޓުތަކުގެ އަދަދުތައް އިތުރުވަމުން އަންނައިރު މި ދުވަސްވަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަނެވެ.

އެމްއޭސީއެލުން އިއްޔެ ވަނީ ރާއްޖޭ ބޯޑަރުތައް އަލުން ހުޅުވާލި ފަހުން އެންމެ ބާރުބޮޑުވެގެންދާނީ އިއްޔެ އާއި މިއަދުކަން ވެސް ހާމަކޮށްފަ އެވެ. އެގޮތުން ރެކޯޑު އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން އަންނާނެކަމަށް ލަފާކުރި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް