ads
ބަޑޭރި ޕޯޓަލް--
ކޮލިފިކޭޝަންސް އޮތޯރިޓީ ހިދުމަތްތަކަށް ފީ ދެއްކުން "ބަނޑޭރި ޕޭ" އަށް!
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އެކި އެކި ހިދުމަތްތަކަށް ދައްކަންޖެހޭ ފީ "ބަނޑޭރި ޕޭ" ޕޯޓަލް މެދުވެރިކޮށް ދައްކަންޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

އެމްކިޔުއޭ އިން ބުނީ އެ އޮތޯރިޓީ އިން ކުރިޔަށް ގެންދާ "އިންސްޓިޓިއުޝަނަލް އޮޑިޓް" ހިދުމަތަށް މަތީ ތައުލީމުދޭ މަރުކަޒުތަކުން ދައްކަމުން އަންނަ ފީ ފިޔަވާ، އެ އޮތޯރިޓީގެ އެކި އެކި ހިދުމަތްތަކަށް ދައްކަންޖެހޭ ފީ 2021 ވަނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ބަލައިގަންނަމުން ދާނީ މިނިސްޓްރީ އޮފް ފިނޭންސްގެ "ބަނޑޭރި ޕޭ" ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

އެހެންކަމުން އެ އޮތޯރިޓީން ޕްރޮސެސްކޮށް ނިމިފައިވާ ހިދުމަތްތަކަށް ދައްކަންޖެހޭ ފީ ގެ ނޮޓިފިކޭޝަން މެސެޖް ލިބުމުން، ބަނޑޭރި ޕޭ ޕޯޓަލްގެ ކަސްޓަމާސް ލިންކް މެދުވެރިކޮށް ފައިސާ ދެއްކެމުން ލިބޭ ރިސިޕްޓް ފިނޭންސް މިނިސްްޓްރީއަށް މެއިލް ކުރުމަށްފަހު، ޖަވާބު ބަލައި އެ އޮތޯރިޓީއަށް ދިޔުމަށް އެދޭ ކަމަށް އެ އޮތޯރަޓީން އެދެއެވެ. 

"ބަނޑޭރި ޕޭ" އަކީ އެކި ފަރާތްތަކުން ދައުލަތުގެ އޮފީސްތަކަށް ދައްކަންޖެހޭ ފައިސާ އޮންލައިންކޮށް ދެއްކުމަށް ބޭނުންކުރާ ޕޯޓަލްއެކެވެ. އެ ޕޯޓަލް އަކީ ދައުލަތަށް ދައްކަންޖެހޭ ފައިސާ ރައްކާތެރިކަމާއިއެކު، ފަސޭހައިން އަދި އަވަހަށް ދެއްކުމާއި ދެއްކުމަށް ހިމަނާފައިވާ ބާވަތުގެ ފައިސާ، ދައުލަތުގެ އޮފީސްތަކުގެ ކައުންޓަރުތަކަށް ނުގޮސް، ކިއުގައި ނުޖެހި އޮންލައިންކޮށް ދެއްކުމަށް މަގުފަހިވެގެން ދާނެ ގޮތަކަށް ފަރުމާކުރެވިފައިވާ ޕޯޓަލް އެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް