އެ ކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެޑްމިނިސްޓްރޭޝަން ދާއިރާގެ ވަޒީފާގެ އޮނިގަނޑު ފާސްކުރުމުގެ އިތުރުން، އެ އޮނިގަނޑުގެ މުސާރައިގެ އޮނިގަނޑު ފާސް ކުރުމަށް މިއަދު ނެޝަނަލް ޕޭ ކޮމިޝަނަށް ފޮނުވާފައިވާ ކަމަށެވެ.
މި އޮނިގަނޑާއެކު ސިވިލް ސާވިސްގެ އިދާރީ މުވައްޒަފުންނަށް މުސާރައާއި ވަޒީފާގެ ކުރިއެރުން ލިބޭނެއެވެ.
ސިވިލް ސާވަންޓުންގެ ގޮތުގައި 25،000 އެއްހާ މީހުން މަސައްކަތް ކުރަމުން އަންނަ އިރު، މިއީ ދައުލަތުގެ މުވައްޒަފުންގެ ތެރެއިން އެންމެ ކުޑަ އުޖޫރައެއް ލިބޭ މީހުންނެވެ. އަދި ސިވިލް ސާވިސް މުވައްޒަފުންނަށް ދެވޭ މުސާރައާއި އިނާޔަތް އެންމެ ފަހުން ބޮޑުކޮށްފައިވަނީ 2018 ވަނަ އަހަރު އެވެ.