މި ދަތުރުފުޅުގައި، ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިރޭ ވިލިނގިލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވާނެ އެވެ.
އެމަނިކުފާނު ވިލިނގިލީ ގާއިމުކޮށްފައިވާ ޑްރަގް ސެންޓަރު ހުޅުވައިދެއްވައި ދެއްވާނެ އެވެ. އަދި ވިލިނގިލީގައި ނެއިބާހުޑް ޕޮލިސްގެ ހިދުމަތް އިފްތިތާހްކޮށްދެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.
އޭގެ އިތުރުން ގއ. ވިލިނގިލީ ކައުންސިލާއި އެ އަތޮޅުގެ އަތޮޅު ކައުންސިލާއި ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަަމަށް ރައީސް އޮފީހުން މައުލޫމާތުދެއްވަ އެވެ.