ads
ކޮވިޑް-19ގެ ސީރޯސާވޭލަންސް ދިރާސާގެ ތެރެއިން--
މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 26 މީހުން
ރާއްޖެއިން އިތުރު 26 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
Advertisement

އެޗްޕީއޭއިން ބުނީ މިއަދު ރާއްޖެއިން ޓެސްޓުކުރި 2،746 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 26 މީހުން ކަމަށެވެ. އަދި އޭގެތެރެއިން 22 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންކަމަށްވެސް އެޗްޕީއޭއިން މައުލޫމާތު ދެއެވެ. އަދި އަތޮޅުތެރޭގެ ރަށްތަކުން މިއަދު ޕޮޒިޓިވްވީ ތިން މީހެއް ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

މި އަދަދުތަކާއިއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 13،644 އަށް އަރާފައެވެ. އަދި މިހާތަނަށް ބަލިން ރަނގަޅު ވެފައިވަނީ 13،072 މީހުންނެވެ.

އެކްޓިވް ކޭސްތަކުގެ އަދަދު 517 ގައި އުޅޭއިރު އޭގެތެރެއިން 33 މީހުންނަށް އަންނަނީ ހޮސްޕިޓަލް ތަކުގައި ފަރުވާދެމުންނެވެ. 

މިހާތަނަށް ރާއްޖެއިން މިބަލީގައި މަރުވެފައިވަނީ 48 މީހުންނެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް