
މި މަހު 14ގައި ބާސެލޯ ނަސަންދުރަ މާލޭ ހޮޓަލުގައި ބާއްވާ މި އެވޯޑް ހަފްލާގައި ރާއްޖޭގެ ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ ދާއިރާގައި މަސައްކަތްކުރާ ފާހަގަކޮށްލެވޭ ފަރާތްތަކަށް އެވޯޑް ދޭނެ އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފާހަގަކޮށްލެވޭ ބީޓުބީ މީޑިއާ ގްރޫޕް، ހޮޓެލިއާ މޯލްޑިވްސް އެވޯޑްސްގެ މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހީވާގި މުވައްޒަފުންގެ މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރުމެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ޗީފް ބިޒްނަސް އޮފިސަރު މޫސާ ނިމާލް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގެ މައިގަނޑު ބައިވެރިންނަށް ވެފައިވާ ހީވާގި މުވައްޒަފުންގެ މަސައްކަތް ފާހަގަކުރުމަށް ބޭއްވޭ ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް ޕާޓްނަރަކަށް ވުމަކީ އެކުންފުނިން އުފާކުރާ ކަމެއް ކަމަށެވެ.
ހޮޓެލިއާ މޯލްޑިވްސް އެވޯޑްސްގެ މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހީވާގި މުވައްޒަފުންގެ މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރުމެވެ. މިއަހަރުގެ މި އެވޯޑަށް 450 އަށްވުރެ ގިނަ ނޮމިނޭޝަން ލިބި، 600،000 އަށްވުރެ ގިނަ ވޯޓު ލިބިފައިވެ އެވެ.
މިކަމުގެ ސަބަބުން މި އެވޯޑަށް އޮންނަ ތަރުހީބު ހާމަވާކަމަށް މި އެވޯޑު އިންތިޒާމުކުރާ ފަރާތުން ވަނީ ބުނެފަ އެވެ.
ބީއެމްއެލް އިން އަންނަނީ ފަތުރުވެރިކަމުގެ ސިނާއަތަށް މުހިންމު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ.