ads
ބޯނީ ކަޕޫރާއި ސްރީދޭވީ
ސްރީދޭވީއަށް އެވޯޑެއް ލިބުމުން ބޯނީ ކަޕޫރަށް ރޮވިއްޖެ
ބޮލީވުޑުގެ މަޝްހޫރު އެކްޓަރެސް ސްރީދޭވީ، އުމުރުން 54 އަހަރުގައި ކުއްލި ގޮތަކަށް މަރުވީ އާއިލާ މީހެއްގެ ކައިވެންޏަށް ދުބާއީ އަށް ގޮސް ހުއްޓާއެވެ. އޭނާ މަރުވެފައިވަނީ ފެބުރުއަރީ މިދިޔަ އަހަރުގެ 24 ވަނަ ދުވަހުއެވެ.
Advertisement
ބޮލީވުޑުގެ މަޝްހޫރު އެކްޓަރެސް ސްރީދޭވީ އުމުރުން 54 އަހަރުގައި ކުއްލި ގޮތަކަށް މަރުވީ އާއިލާ މީހެއްގެ ކައިވެންޏަށް ދުބާއީ އަށް ގޮސް ހުއްޓަ އެވެ. އޭނާ މަރުވެފައިވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ. އެހަނދާންތައް އާވާ ކޮންމެ ފަހަރަކު އެ އާއިލާއަށް ހިތްދަތިކަން ގެނުވަ އެވެ.

ކޮންމެއަކަސް އަނެއްކާ ވެސް ސްރީދޭވީގެ އަގުވަޒަންކުރުމުގެ ގޮތުން އޭނާއަށް މިވަނީ އިންޑިއާގެ އެކްޓަރު އަދި ޕްރޮޑިއުސަރު އަކިނޭނީ ނަގެސްވަރާ ރައޯގެ ހަނދާނުގައި ދެމުން އަންނަ އޭއެންއާރު އެވޯޑު ދީފަ އެވެ. އެގޮތުން އޭނާގެ ފިރިމީހާ، ބޯނީ ކަޕޫރު އެވޯޑާ ހަވާލުވުމަށް ފަހު ޝުކުރު އަދާކުރަން ވާހަކަ ދައްކަން ބޭނުންވި ނަމަވެސް ރޮވުމުން އިތުރަށް ވާހަކަ ކުރިއަކަށް ނުގެންދެވުނެވެ.

އެހެންކަމުން، އެ މަަރަށް އަހަރެއް ފާއިތުވި ނަމަވެސް ލޯބިވާ އަނބިމީހާގެ ހަނދާނުގައި ބޯނީ ހުރިކަން މިވަނީ އެނގިފަ އެވެ.

300 ފިލްމުގައި މަސައްކަތްކޮށްފައިވާ ސްރީދޭވީއަށް ވަނީ އޭނާގެ އެންމެ ފަހުގެ މަސައްކަތް ކަމަށްވާ "މަމް"އަށް ނެޝަނަލް އެވޯޑު ވެސް ލިބިފަ އެވެ. ސްރީދޭވީ މަރުވުމާ ގުޅިގެން މި އެވޯޑާއި ހަވާލުވެފައިވަނީ އޭނާގެ ފިރިމީހާ އާއި ދެ ދަރިންނެވެ. މި އެވޯޑަކީ ސްރީދެވީއަށް ލިބުނު ފުރަތަމަ ގައުމީ އެވޯޑު ވެސް މެއެވެ.

1996 ވަނަ އަހަރު ސްރީދޭވީ އާއި ބޯނީ ކައިވެނިކޮށްފައިވާއިރު އެމީހުންގެ ކައިވެންޏަށް ދެ އަންހެން ދަރިން ލިބިފައިވެ އެވެ. އެގޮތުން އެންމެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ދާދިފަހުން ވަނީ ބޮލީވުޑަށް ނުކުމެފަ އެވެ. އަދި އެމީހުންގެ އެންމެ ހަގު އަންހެން ދަރި ހުށީ ވެސް މިހާރު މަސައްކަތް ކުރަން ބޭނުމީ ފިލްމީ ދާއިރާގައި ކަމަށް އޭނާގެ ބައްޕަ ދާދިފަހުން ބުނެފައިވެ އެވެ.

ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑުގައި ވިދާލި ސްރީދޭވީއަކީ ފިލްމީ ހަޔާތް ވަރަށް ކާމިޔާބު އަންހެން ތަރިއެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް