ސުޝާންތު އަމިއްލައަށް މަރުވުމުގެ ފަހަތުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ވާ ކަމަށް އާއިލާއިން ތުހުމަތު ކުރެ އެވެ. އަދި އެ ކަންކަން ދަނީ ފުލުހުން ތަހުގީގު ކުރަމުންނެވެ.
ސުޝާންތުގެ ދައްތަ ޝްވެތާ ސިންގް ކިރްތީ ދާދި ފަހުން މި ވަނީ "#ލަވް4އެސްއެސްއާރް" ގެ ނަމުގައި ޑިޖިޓަލް ކެމްޕޭނެއް ފަށާފަ އެވެ.
އެ ކެމްޕޭން މެދުވެރިކޮށް ހެދުމާއި، ކާބޯތަކެތި އަދި ފޮތް ފަދަ ތަކެތި ހަދިޔާ ކުރެވޭނެ ކަމަށާއި ހުރިހާ ހަދިޔާއެއް ދޭނީ ފަގީރުންނަށް ކަމަށް ޝްވެތާ ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން ސުޝާންތުގެ ހަނދާނުގައި އެ ކެމްޕޭނުގައި ބައިވެރިވާ ކޮންމެ މީހަކު ވެސް ކުޑަ ގަހެއް އިންދުމަށް އޭނާ އެދިފައި ވެއެވެ.