ads
މޯލްޑިވް ގޭހުގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރު އަލީ އިކްރާމް:- ފޮޓޯ ކޭއޯ
މޯލްޑިވް ގޭހުން ކުޅުދުއްފުށީގައި އޮކްސިޖަން ޕްލާންޓެއް ބަހައްޓައިފި
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މޯލްޑިވް ގޭހުން އޮކްސިޖަން ޕްލާންޓެއް މިއަދު ބަހައްޓައިފިއެވެ.

މިއަދު ހަވީރު ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްލާންޓް ހުޅުވައިދެއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބުދުލް ލަތީފެވެ.

މިއީ އަތޮޅުތެރޭގައި ގާއިމުކުރެވުނު ފުރަތަމަ މެޑިކަލް ގޭސް ޕްލާންޓެވެ. 

މޯލްޑިވް ގޭހުގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމް ވިދާޅުވީ، މި ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅުން ތަކުން ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ނިންމަވާފައިވާކަން މިއަދު ވަނީ ހާމަކުރައްވާފައެވެ. 

"ޑީސެންޓްރަލައިޒް ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ނިންމެވީ ކޮވިޑްގެ ހާލަތުގައި. މާލެއިން އަތޮޅުތަކަށް ތަކެތި ސަޕްލައި ކުރުމަށް ކުރިމަތިވި ދަތިތަކާހެދި، މިހިދުމަތަކީ ކޮންމެހެންވެސް ސަރަހައްދީ ބޮޑެތި ހޮސްޕިޓަލްތަކުން ލިބެން ހުންނަ ޖެހޭނެ. އިކްރާމް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ މިހިދުމަތް ޑީސެންޓްރަލައިޒްކޮށް ބޮޑެތި ސަރަހައްދުތަކަށް ފުޅާކުރުން ،" - އަލީ އިކްރާމް -

މި ހިދުމަތް އައްޑޫ ސިޓީގައި އާއި ލ އަދި ގދ ތިނަދޫގައި ފަށާނެއެވެ. 

ތިލަފުށިން 700 ރުފިޔާއަށް ވިއްކާ ގޭސް ސިލިންޑަރު ކުޅުދުއްފުއްޓާ ހަމައަށް ގެންނެވޭއިރު 2000 އެއްހާ ރުފިޔާ ހަރަދުވެއެވެ. 

އެހެންނަމަވެސް މިއަދު ހުޅުވިގެން މިދިޔަ ގޭސް ޕްލާންޓްގެ ސަބަބުން އެހަރަދުތައް ދެން ކުރާކަށް ނުޖެހޭނެ ކަމަށް މޯލްޑިވް ގޭހުން ބުނެއެވެ. 

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ގޯތިތެރޭގައި ހުޅުވި މި ގޭސް ޕްލާންޓުން އުތުރުގެ ތިން އަތޮޅަށް ބޭނުންވާ އޮކްސިޖަން އުފެއްދޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް