ads
ޒެއިން އަދި ޖީޖީ ދަރިފުޅުގެ ކްރިސްމަސް ހަދިޔާ ހިފައިގެން--
ކްރިސްމަސް ފާހަގަކުރި ފޮޓޯތަކުން ވެސް ޖީޖީގެ ދަރިފުޅެއް ނުފެނުނު!
މަޝްހޫރު މޮޑެލް ޖީޖީ ހަދީދުގެ މަންމަ ޔޮލާންދާ ދާދި ފަހުން ވަނީ އެ އާއިލާއިން ކްރިސްމަސް ހޭދަކުރި ގޮތުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ.

އެހެން ނަމަވެސް އެ ފޮޓޯތަކުން ވެސް ޖީޖީ އާއި ޒެއިން މާލިކްގެ ތުއްތު ދަރިފުޅު ފެނިފައެއް ނުވެ އެވެ. މިހާތަނަށް ވެސް ދަރިފުޅު ރަނގަޅަށް ފެންނަ ފޮޓޯއެއް ޖީޖީ ދައްކާލާފައެއް ނުވެ އެވެ.

ކްރިސްމަސް ފާހަގަކުރުމުގައި ޖީޖީ އާއި ބެލާ ހަދީދު، އަންވަރު ހަދީދު، ޒެއިން، ދުއަ ލިޕާ، މުހައްމަދު ހަދީދު އަދި ޖޯސެފް ޖިންގޯލީ ބައިވެރިވެފައި ވެއެވެ. 

އެ ޕާޓީތަކުގައި "ބޭބީ ޒީޖީ" ވެސް ބައިވެރިވި އެވެ. އެކަމަކު ދަރިފުޅު ފެންނަ އެންމެ ފޮޓޯއެއް ވެސް އެމީހުން އާއްމުކޮށްފައެއް ނުވެ އެވެ. 

ފޮޓޯތަކުން ފެންނަ ގޮތުގައި "ބޭބީ ޒީޖީ" އަށް ކްރިސްމަސް ހަދިޔާއަކަށް ލިބިފައި ވަނީ ފިނި މޫސުމަށް ހާއްސަ ހެދުމަކާއި އެއާ ގުޅޭ ބޫޓާއި ލޯބި ހުދު ކުލައިގެ ހެދުމެކެވެ. 

އާއިލާ އާއެކު ކްރިސްމަސް ފާހަގަކުރުމުގައި ޒެއިން އުޅެމުން ދާއިރު، އޭނާ ދާދި ފަހުން ވަނީ ކޮންސަޓް ބާއްވާ ހޯލެއްގައި ހުރި ފޮޓޯއެއް އިންސްޓަގްރާމުގައި ދައްކާލާފަ އެވެ.

އެއާއެކު ފޭނުން ބުނަމުން ދަނީ އެއީ އަންނަ އަހަރު ޒެއިންގެ އާ އަލްބަމެއް ނެރެން އުޅޭ ކަމުގެ އިޝާރާތެއް ކަމަށެވެ. ޒެއިން އެންމެ ފަހުން އަލްބަމެއް ނެރުނީ 2018 ގައެވެ. 

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް