ads
ރައީސް މައުމޫން ---
ރައީސް މައުމޫނަށް 83 އަހަރު ފުރިއްޖެ
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް 83 އަހަރު ފުރިވަޑައިގެންފި އެވެ.

މައުމޫނު މިއަދު އެމނަިކުފާނުގެ 83 ވަނަ އުފަންދުވަސް ފާހަގަ ކުރަމުން އަންނައިރު، އާންމުންގެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެމަނިކުފާނަށް ތަހުނިޔާ ދަންނަވަމުންނެވެ.

މައުމޫން ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ 1978 ވަނަ އަހަރު އެވެ. އަދި އެމަނިކުފާނު ވަނީ 30 އަހަރު ރާއްޖޭގެ ވެރިކަން ކުރައްވާފަ އެވެ. ރިޔާސީ ނިޒާމުގެ ތެރެއިން ރާއްޖޭގައި ބޭއްވި ފުރަތަމަ އިންތިހާބަށް ފަހު އެމަނިކުފާނު ވަނީ، ސިޔާސީ މައިދާނުން އެއްފަރާތްވެ ވަޑައިގެންފަ އެވެ. އޭރު އެމަނިކުފާނު ހުންނެވީ ޑީއާރުޕީގަ އެވެ.

ނަމަވެސް އަލުން ސިޔާސީ މައިދާނަށް އެމަނިކުފާނު ވަޑައިގެންނަވާ، ޕީޕީއެމް އުފެއްދެވީ 2011 ވަނަ އަހަރު އެވެ. އަދި އެކި ސިޔާސީ މައްސަލަތަކާއި ގުޅިގެން 2017 ވަނަ އަހަރު އެމަނިކުފާނު ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގަންނަވާފަ އެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ތެރޭގައި ވަނީ މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ނަމުގައި އިތުރު ޕާޓީއެއް އުފައްދަވާފަ އެވެ.

މިދިޔަ އަހަރު ރައީސް މައުމޫނުގެ 82 ވަނަ އުފަންދުވަސް ފާހަގަ ކުރެއްވި ފަހުން، ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އެމަނިކުފާނު ވަނީ އާލާސްކަންފުޅާ އުޅުއްވާތީ ހޮސްޕިޓަލުގައި އެޑްމިޓް ކުރައްވާފައެ ވެ. އަދި މި އަހަރު އެމަނިކުފާނު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެ ފައެވެ.

މި އަހަރު އޮގަސްޓު މަހު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އެމަނިކުފާނު ދޫކޮށްލާފައި ވަނީ 21 ދުވަސް ފަހުންނެވެ. 

މައުމޫން އާލާސްކަންފުޅާ އުޅުއްވާތީ ދޭތެރެ ދޭތެރެއިން ރާއްޖެއިން ބޭރަށް ވަޑައިގެން ފަރުވާ ހޯއްދަވަ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް