ads
ކޮވިޑް-19
ކޮވިޑް-19 ގެ އާ ވޭރިއެންޓް ހަލުވިކަމާއެކު ފެތުރެނީ!
އިނގިރޭސިވިލާތުން ފެނުނު ކޮވިޑް-19 ގެ އާ ވޭރިއެންޓް ހަލުވިކަމާއިއެކު ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ފެތުރެން ފަށައިފި އެވެ.

އެންމެ ފަހުން އާ ވޭރިއެންޓް ފެތުރެން ފެށީ އަވަށްޓެރި އިންޑިއާގައި ކަމަށްވާ އިރު، ދާދި ފަހުން ދެކުނު ކޮރެއާ އާއި އޮސްޓްރޭލިއާގެ އިތުރުން ކެނެޑާއިން ވެސް އާ ވޭރިއެންޓްގެ ކޭސްތައް ވަނީ ފެނިފަ އެވެ.

އެގޮތުން ކެނެޑާގައި ދެމަފިރިއެއް އާ ވޭރިއެންޓަށް ޕޮޒިޓިވްވެފައިވާ އިރު، އެ ދެމަފިރިން މީގެ ކުރިން އިނގިރޭސިވިލާތަށް ދަތުރުކޮށްފައި ނުވާ ކަމަށް އެމީހުންގެ ޓްރެވަލް ޑޮކިއުމެންޓްތަކުން ހާމަވާ ކަމަށާއި އެހެންކަމުން އެމީހުން އާ ވޭރިއެންޓަށް ޕޮޒިޓިވްވެފައި ވަނީ ކޮމިއުނިޓީ ސްޕްރެޑްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ކެނެޑާގެ އޮފިޝަލުން ބުނެ އެވެ.

ޖަޕާނުން ހަތް މީހުން އާ ވޭރިއެންޓަށް ޕޮޒިޓިވްވެފައިވާ އިރު، އެގައުމުގެ ރައްޔިތުން ފިޔަވައި އެހެން މީހުންނަށް ބޯޑަރު ވަނީ ބަންދުކޮށްފަ އެވެ.

ކޮވިޑް-19 ގެ އާ ވޭރިއެންޓާއި ގުޅުން ހުރި ކޭސްތައް ގުޅިފައިވަނީ އިނގިރޭސިވިލާތުން ދަތުރުކުރާ ފަރާތްތަކާއި ކަމަށްވާ އިރު، އެކި ގައުމުތަކުން މިހާރު ވަނީ އިނގިރޭސިވިލާތަށް ކުރާ ދަތުރުތައް ހުއްޓާލައިފަ އެވެ.

އިނގިރޭސިވިލާތުން ފެނުނު ކޮވިޑް ވައިރަހުގެ އާ ވޭރިއެންޓަށް 23 ފަހަރު ބަދަލު އައިސްފައިވާ އިރު، އެ އާ ވޭރިއެންޓް ފެތުރޭ ގޮތް ބަދަލުވާނެ ކަމަށް ބެލެވެ އެވެ. އެގައުމުގެ ބައެއް ސައިންސްވެރިން ކުރި ދިރާސާއިން ދައްކާ ގޮތުގައި ކޮވިޑް-19 ގެ އާދައިގެ ވައިރަހަށް ވުރެ މި އާ ވޭރިއެންޓް 56 އިންސައްތަ ބާރުގަދަވާނެ އެވެ.

އިނގިރޭސިވިލާތުން ފެނުނު އާ ވޭރިއެންޓާއި ގުޅޭ ކޭހެއް އެމެރިކާ އިން ފެނިފައި ނުވާ އިރު، އެގައުމަށް އެތެރެވާ އިނގިރޭސިވިލާތުގެ ރައްޔިތުންގެ އަތުގައި 72 ގަޑިއިރު ހަމަނުވާ ނެގަޓިވް ޓެސްޓް ސާމްޕަލެއް އޮންނަން ޖެހޭނެ ކަމަށް އެގައުމުގެ ސީޑީސީން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް