ads
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)-- ފޮޓޯ: ޖޭއެސްސީ
މަޑަވެލި ކޯޓުގެ މެޖިސްޓްރޭޓުގެ މައްސަލަ ސާބިތެއް ނުވި
މަޑަވެލި ކޯޓުގެ މެޖިސްޓްރޭޓުގެ މައްސަލަ ސާބިތު ނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނު (ޖޭއެސްސީ) އިން ނިންމައިފި އެވެ.
Advertisement

މެޖިސްޓްރޭޓް ހަސަން ޝާތިރުއާ ގުޅޭ ގޮތުން ބަލަމުންދަނީ ކޮން ސުލޫކީ މައްސަލައެއް ކަމެއް ޖޭއެސްސީން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ޝާތިރުގެ މައްސަލަ ބަލަން ފެށީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. 

ފަސް ރަށެއްގެ މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލަތަކެއް ބެލުމަށް ޖޭއެސްސީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި ނިންމި އެވެ. 

އެއީ ފ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްލަތީފު ހަމީދާއި، ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓުރޭޓް އަބްދުލްއަޒީޒު މޫސާ، ގއ. ކޮނޑޭ މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓުރޭޓް މުހައްމަދު އިބްރާހިމް އާއި ގދ. މަޑަވެލި މެޖިސްޓުރޭޓް ކޯޓުގެ އިސް މެޖިސްޓުރޭޓް ޝާތިރު ހަސަން އަދި ބ. ދަރަވަންދޫ މެޖިސްޓުރޭޓް ކޯޓުގެ އިސް މެޖިސްޓުރޭޓް އަހުމަދު ލަތީފުގެ މައްސަލަތަކެވެ.  

2%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
1%
ސަތޭކައަކުން ސުމެއް
97%
ވަރަށް ސަލާމް
ކޮމެންޓްސް