ads
މޫދުގައި ހިފެހެއްޓިފައި އޮންނަ "ސޯލާ ޕޮޑް" އާއިއެކު ސެޓެލްކޯ ތާރީހުގެ ތެރެއަށް!
މޫދުގައި ހިފެހެއްޓިފައިވާ ގޮތަށް އަވިން ހަކަތަ އުފެއްދުމަށް ފަރުމާކޮށްފައިވާ "ސްޓެލްކޯ ގްރީން ލައިފް ސޯލާ ޕޮޑު" ތައާރަފް ކޮށްފި އެވެ.
Advertisement

އެކަމަށްޓަކައި މިރޭ ބޭއްވި ހަފްލާއެއްގައި ސޯލާ ޕްޑް މިރޭ އިފްތިތާހްކޮށްދެއްވީ ސްޓެލްކޯ ބޯޑުގެ ޗެއާމަން މުހައްމަދު ރަޝީދު އެވެ. 

ސްޓެލްކޯ ގްރީން ލައިފް ސޯލާ ޕޮޑަކީ ސެޓްލެކޯގެ ގްރީން ލައިފް ޕްރޮގްރާމުގެ ދަށުން ތިމާވެއްޓާއި ރަހުމަތްތެރި ސަގާފަތެއް ގާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން ދިވެހިރާއްޖޭގެ މާހައުލާއި ގުޅޭ ވަރަށްވެސް ފުރިހަމަ އީޖާދީ މަސައްކަތެކެވެ. 

ސޯލާ ޕޮޑު ފަރުމާ ކުރެވިފައި ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި އަވިން ހަކަތަ އުފެއްދުމާއި ބޭނުންކުރާ ސިސްޓަމުތަކުގެ ތެރެއިން ފެންމަތީ ގައި ހިފެހެއްޓޭގޮތަށް ކޯރުކޯރުގައި އަދި މޫދުގައި ތައްޔާރުކުރެވިފައިވާ ސިސްޓަމްތައް ދިރާސާކުރުމަށްފަހު އެއަށްވުރެ ކޮލެޓީ އަދި އަގުހެޔޮ އުފެއްދުމެއްގެ ގޮތުގައި ކަމަށް ސްޓެލްކޯއިން ބުނެއެވެ. 

"މި އުފެއްދުން ފަރުމާކުރުމުގައި ސްޓެލްކޯއިން މީގެކުރިން މޫދުގައި ހިފެހެއްޓިފައިވާ ގޮތަށް އަވިން ހަކަތަ އުފެއްދުމަށް ވ. އަތޮޅުގައި ހިންގި ޕްރޮޖެކްޓުން ލިބުނު ތަޖުރިބާ މިއަދު ބާޒާރަށް ނެރުމަށް މިތައްޔާރުކުރެވޭ ސޯލާ ޕޮޑަކީ 25 އަހަރުގެ ވޮރެންޓީއެއް ދެވޭ ފެންވަރުގެ އިތުބާރުހުރި އެއްޗަކަށް ހަދަން ފަސޭހަވެގެން ދިޔަކަމެއް. ހަމަމިއާއެކު، މިއުފެއްދުނު އުފެއްދުމުގައި އަޅުގަނޑުމެން ވާނީ ފިނިހޫނުމިނުން އަވިން ހަކަތަ އުފައްދާދޭ ޕެނަލްތަކުގެ މަސައްކަތުގެ ރޭންޖަށް އަންނަ ބަދަލަށް ހާއްސަކޮށް ރިޢާޔަތްކޮށް އެޕެނަލްތަކުގެ އުފެއްދުންތެރިކަން އެންމެ އިތުރުވާނޭ ގޮތަކަށް މިސޯލާ ޕޮޑު ފަރުމާކޮށްފައި." ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ބުނީ އެ ސޯލާ ޕޮޑު ފަރުމާކުރެވިފައި ވަނީ ޖާގައޮތް ބޮޑު ފަޅެއްގައި އެފަދަ ގިނަ ޕޮޑުތަކެއް އެކަތި އަނެކައްޗާއި ފަސޭހައިން ގުޅާލައި ރާވާލައިގެން ގިނަ އަދަދެއްގެ ހަކަތަ ނެގޭގޮތަށް ކަމަށެވެ.

މިރޭ އިފްތިތާހުކުރެވުނު ސޯލާ ޕޮޑުތަކުގެ ސްޓޭންޑާޑް ސައިޒްތަކަކީ 8 ޕެނަލްގެ ސިސްޓަމްތަކާއި 16 ޕެނަލްގެ ސިސްޓަމްތައް ކަމުގައި ވީނަމަވެސް ޑިމާންޑް އޮންނަ ގޮތަކަށް ބަލައި މިއުފެއްދުން އެހެން ސައިޒުތަކުންވެސް ލިބިގެންދާނެ ކަމަށާއި އަންނަ އަހަރުން ފެށިގެން ސޯލާ ޕޮޑު ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ޕޮޑު ގަތުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް