ޅައިމަގުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 12 އިންސައްތަ މަސައްކަތް ނިމިފައިވާ އިރު، އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެ އެވެ.
އެ މަޝްރޫއުގެ ދަށުން 31،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ނެރު ބައްތި އާއި މަގުބައްތި ހަރުކުރުން ފަދަ މަސައްކަތްތައް ކުރާނެ އެވެ.
މި މަހުގެ ހަތްވަނަ ދުވަހު ފަށާފައިވާ އެ މަޝްރޫއު، ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ 56.3 މިލިއަން ރުފިޔާ އަށެވެ.