ads
ދީޕިކާ، އަނުޝްކާ އަދި ޕްރިޔަންކާ--
އަނުޝްކާގެ ފޮޓޯ ފެނި ޕްރިޔަންކާ އާއި ދީޕިކާ ވެސް ދަރިއަކު ބޭނުންވީތަ؟
ބޮލީވުޑުގެ ތަރި އަނުޝްކާ ޝަރުމާ މިހާރު އިނީ ވިހަން ކައިރިވެފަ އެވެ. މި ފެށޭ ޖެނުއަރީ މަހު އޭނާ ވިހާނެ ކަމަށް ބެލެވޭއިރު އަނުޝްކާ ދަނީ ބަނޑުބޮޑުކޮށް ހޭދަކުރަމުންދާ ދުވަސްތަކުގެ ފޮޓޯ ހިއްސާ ކުރަމުންނެވެ. އެގޮތުން ދާދި ފަހުން މި ވަނީ ވޯގް އިންޑިއާ މަޖައްލާގެ ކަވާ ފޮޓޯގައި ވެސް ބައިވެރިވެފަ އެވެ.

އަނުޝްކާގެ އިންސްޓަގްރާނުގައި މަޖައްލާގެ ކަވާ ފޮޓޯ ހިއްސާކުރިއިރު، އެ ފޮޓޯއިން އޭނާގެ ބޭބީ ބަމްޕް ރަނގަޅަށް ފެނެ އެވެ. މަޑު ކްރީމް ކުލައެއްގެ ފަޓުލޫނަކާއި ދިގު ޖެކެޓެއް ލައިގެން އަނުޝްކާ ހުންނައިރު، އޭނާގެ ބޭބީ ބަމްޕް ހުރީ ހާމައަށް ފެންނަ ގޮތަށެވެ. މިހާތަނަށް 2.9 މިލިއަން މީހުން ލައިކްކޮށްފައިވާ އެ ފޮޓޯ ބައެއް މަޝްހޫރު ތަރިންގެ ލޮލުގައި ވެސް ވަނީ އަޅައިގަނެފަ އެވެ.

އޭގެ ތެރޭގައި ދީޕިކާ ޕަޑުކޯން އާއި ޕްރިޔަންކާ ޗޯޕްރާ ހިމެނެ އެވެ. އެ ދެ މީހުން ވެސް ފޮޓޯ ރީތިވެގެން ކޮމެންޓުކޮށްފައި ވާތީ އެ ދެ ތަރިން ދަރިއަކު ހޯދަން ޝައުގުވެރިވަނީތޯ ބައެއް ފޭނުން ވަނީ ސުވާލުކޮށްފަ އެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ނިކް ޖޯނަސްއާ ކައިވެނިކޮށްގެން އުޅޭ ޕްރިޔަންކާ މީގެ ކުރިން ވެސް ދަރިއަކު ބޭނުންވާ ކަމަށް ބުނެފައި ވެއެވެ. އެކަމަކު އެކްޓަރު ރަންވީރް ސިންގްއާ ކައިވެނިކޮށްގެން އުޅޭ ދީޕިކާ އެފަދަ ވާހަކައެއް ދައްކާފައެއް ނުވެ އެވެ.

އަނުޝްކާ އާއި ކްރިކެޓް ތަރި ވިރާތު ކޯލީއަށް ދަރިއަކު ލިބެން އުޅޭއިރު، ކަރީނާ ކަޕޫރާއި ސައިފް އަލީ ހާން ވެސް ދަނީ ދެވަނަ ދަރިފުޅު ވިހާނެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ. އަންނަ މާޗް މަހު ކަރީނާ ވިހާނެ ކަމަށް ބެލެވޭއިރު، މީގެ އިތުރުން ވެސް ނަން މަޝްހޫރު ގިނަ ސެލެބްރިޓީންނަށް މި އަހަރު ދަރިން ލިބިފައި ވެއެވެ. އެގޮތުން ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ އާއި މޮޑެލް ޖީޖީ ހަދީދު އަދި އެކްޓްރެސް އެމާ ރޮބަޓްސް ހިމެނެ އެވެ. އެހެންކަމުން ދަރިއަކު ހޯދަން ޝައުގުވެރިވާ ބައެއް އެހެން ތަރިން 2021 ވަނަ އަހަރު ފޭނުންނަށް އުފާވެރި ހަބަރުތަކެއް ދޭނެ ކަމަށް ބެލެވެ އެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް