ads
ބަންގްލަދޭޝްގެ ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން--- ފޮޓޯ: މޯލްޑިވިއަން
އިތުރު 200 ބިދޭސީން އަނބުރާ ފޮނުވާލައިފި
ބަނގުލަދޭޝްގެ އިތުރު 200 ރައްޔިތުން އަނބުރާ ބަންގްލަދޭޝް އަށް ފޮނުވާލައިފި އެވެ.

މިއަދު 200 ރައްޔިތުން އަނބުރާ ބަންގްލަދޭޝް އަށް ފޮނުވާލާފައިވާ އިރު، މިހާތަނަށް ދިހަ ހާހާއި ގާތްކުރާ އަދަދަކަށް އެގައުމުގެ ރައްޔިތުން ފޮނުވައިލެވިފައިވާ ކަމަށް މޯލްޑިވިއަނުން ބުނެ އެވެ.

މިހާތަނަށް މޯލްޑިވިއަނުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް، އެގައުމުގެ ރައްޔިތުން ގޮވައިގެން ފަންސާސް ދަތުރުކޮށްފަ އެވެ. އެއާއެކު މޯލްޑިވިއަންގެ ފްލައިޓްތަކުގައި ގެންދިޔަ މީހުންގެ އަދަދު ވަނީ 9،633 އަށް އަރާފައިވެ އެވެ.

މިއީ ރާއްޖޭގައި ސައްހަ ލިޔެކިޔުން ނެތް ބަންގްލަދޭޝްގެ ރައްޔިތުންނާއި، އެނބުރި ގައުމަށް ދާން ބޭނުން ރައްޔިތުން ފުރުވާލުމަށްޓަކައި ސަރުކާރާއި މޯލްޑިވިއަން ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް