ads
މޯލްޑިވް ގޭސް
މިއަހަރު މޯލްޑިވް ގޭހަށް ރެކޯޑް އަދަދަކަށް ފައިދާ ވެއްޖެ
މިއަހަރު ނިމޭއިރު މޯލްޑިވް ގޭސްގެ ފައިދާ 50 މިލިއަން ރުފިޔާ އަށް ވުރެ އިތުރުވާނެ ކަމަށް ލަފާކޮށްފި އެވެ.

އަހަރު ނިމިގެންދާ އިރު، މޯލްޑިވް ގޭހުގެ ފައިދާ 50 މިލިއަން ރުފިޔާ އަށްވުރެ އިތުރުވާނެ ކަމަށް އެކުންފުނިން ލަފާކޮށްފައިވާ އިރު، މި އަދަދަކީ އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި މިހާތަނަށް ލިބޭނެ އެންމެ ބޮޑު އަދަދު ކަމަށް އެކުންފުނިން ބުނެއެވެ.

މޯލްޑިވް ގޭހުގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމް ވިދާޅުވީ ރިސޯޓާއި ކެފޭ ރެސްޓޯރަންޓު ސިނާއަތުގެ ވިކުރާ ދަށްވުމުގެ ސަބަބުން ކުންފުނީގެ ޖުމްލަ ސޭލްސް އާމްދަނީން 40 މިލިއަން ރުފިޔާ ދަށްވެފައިވީ ނަމަވެސް ގޭސް ޝިޕްމަންޓްތަކުގެ ފްރެއިޓާއި ޕްރިމިއަމަށް ގެނެވުނު ބަދަލުތަކާއި އެކު، ކުންފުނިން ގޭސް ގަތުމުގެ އަގު ހެޔޮކުރެވިފައިވާ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން މޯލްޑިވް ގޭހުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅު އަޅާފައިވާކަން ފާހަގަކުރައްވައި، އިކްރާމް ވިދާޅުވީ އެޅުނު އެ ފިޔަވަޅުތަކުގެ ސަބަބުން ކުންފުނި ހިންގުމުގެ ހަރަދުން މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތްކުރެވި، އެކުންފުނީގެ ހިންގުމުގެ ފައިދާ ބޮޑުތަނުން އިތުރުކުރެވިފައިވާ ކަމަށެވެ.

މޯލްޑިވް ގޭހުން ވަނީ ކޮވިޑް-19 އާއި ގުޅިގެން އައި ދަތި ދުވަސްވަރުވެސް މެޑިކަލް އޮކްސިޖަނާއި ކައްކާ ގޭސް ފޯރުކޮށްދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް