ads
ފުލުހުން
ކަނޑުމަތިން މަރުވެފައި އޮއްވާ ފެނުނީ ޗައިނާ މީހެއް
ގުޅީފަޅު ކައިރި އިއްޔެ މަރުވެފައި އޮއްވައި ކަނޑުމަތިން ފެނުނީ ލޯންޗަކަށް އަރަން އުޅެނިކޮށް ކަނޑަށް ވެއްޓުނު މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮއްވައި އިއްޔެ ފެނުނު މީހާގެ ވަނަވަރު ހާމަ ކުރަމުން ފުލުހުން މިއަދު ބުނީ އެއީ, ޗައިނާ ރައްޔިތެއްކަމަށްވާ ޗެންގް ޖިއާ (38އ) ކަމަށެވެ.

މި މީހާ ކަނޑަށް ވެއްޓިފައިވަނީ އިއްޔެ 12:48 އެހާކަންހާއިރު ހުޅުމާލެ ބޭރުގައި އޮތް ބާޖަކުން ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައިކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި މީހާ ކަނޑަށް ވެއްޓުމުން ލޯންޗުގައި ތިބި މީހުން އޭނާ ސަލާމަތް ކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށާ، އެވަގުތު މީހާ ކަނޑުގައި އޮއްވާ ފެނުނު ނަމަވެސް ފަހުން ނުފެނިގެން އެސަރަހައްދުން ދަތުރުކުރި އެހެން ލޯންޗަކަށްވެސް މައުލޫމާތު ދީ މީހާ ހޯދުމުގެ މަސައްކަތްކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން، ކޯސްޓްގާރޑަށް އެކަމުގެ މައުލޫމާތު ދީފައިވާކަންވެސް ފުލުހުންނަށް އެނގިފައިވާ ކަމަށް ބުންޏެވެ.

ކޯސްޓްގާޑުން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް މަރުވެފައި އޮއްވާ ފެނުނީ އިއްޔެ 1:32 ހާއިރެވެ.

އެ މީހާގެ ހަށިގަނޑު ކަނޑުން ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށްވެ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް