ads
ހުޅުމާލޭގައި ގާއިމުކުރި ސީސީޓީވީ ކޮމާންޑް ސެންޓަރު: އެ ތަން ގާއިމުކުރީ އެޗްޑީސީން --
އެޗްޑީސީން ހުޅުމާލޭގައި ސީސީޓީވީ މޮނިޓަރިން ކޮމާންޑް ސެންޓަރެއް ގާއިމުކޮށްފި
ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ ހުޅުމާލޭގެ ސެކިއުރިޓީ ވަރުގަދަކުރުމަށް ސީސީޓީވީ މޮނިޓަރިން ކޮމާންޑް ސެންޓަރެއް އެ ސަރަހައްދުގައި ގާއިމުކޮށްފި އެވެ.
Advertisement

އެޗްޑީސީން ބުނީ، ހުޅުމާލެއަކީ ރައްކާތެރި ތަނަކަށް ހަދަން އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސެކިއުރިޓީ އިތުރަށް ހަރުދަނާކުރަން ވިނަރެސް ފުލެޓުތަކުގެ ނުވަވަނަ ޓަވަރުގައި ސީސީޓީވީ މޮނިޓަރިން ކޮމާންޑް ސެންޓަރެއް ގާއިމުކޮށްފައިވާ ކަމަށެވެ.

އެ ކުންފުނިން ވަނީ ހުޅުމާލޭގައި ބޮޑު އާބާދީއެއް ދިރިއުޅޭ ހިޔާ ފުލެޓުތަކުގެ ބޭރުގައި ސީސީޓީވީ ހަރުކުރުމުގެ މަސައްކަތް ވެސް ކޮށްފަ އެވެ.

ހުޅުމާލޭގެ މަގުތަކާއި އާންމު ތަންތަނާއި އިމާރާތްތަކުގެ ސެކިއުރިޓީ 24 ގަޑިއިރު ބަލަހައްޓަން އެސްޓޭޓް ސެކިއުރިޓީގެ ހިދުމަތް އެޗްޑީސީން މި ހަފުތާގައި ތައާރަފުކޮށްފައިވާއިރު މި ސެންޓަރު ބަލަހައްޓާނީ އެ މުވައްޒަފުންނެވެ.

އެޗްޑީސީން މިފަހުން ވަނީ ހުޅުމާލެ 2 ގައި ހުންނަ ހިޔާ ފްލެޓުގެ ޓަވަރުތަކުގެ ބޭރުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ.

އެޗްޑީސީން މަސައްކުރަނީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށެވެ. އަދި އުފާވެރި، ރައްކާތެރި، ޒަމާނީ ސިޓީއަކަށް ހުޅުމާލެ ހެދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އެޗްޑީސީން ކުރަމުންގެންދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް