ads
އެއާ އިންޑިއާގެ ފްލައިޓެއް ވެއްޓިފައި--
2020 ގައި ފްލައިޓުތައް މަދު، ވެއްޓި މަރުވި މީހުން ގިނަ
ކޮމާޝަލް ވައިގެ ދަތުރުތަކުގައި ފްލައިޓް ވެއްޓިގެން މަރުވި މީހުންގެ އަދަދު 2019 ވަނަ އަހަރާ އަޅާ ބަލާއިރު 2020 ވަނަ އަހަރު އިތުރުވެއްޖެ އެވެ.

ނެދަލެންޑްސްގެ ކޮންސަލްޓިން ކުންފުނި ޓު70 އިން ނެރުނު ތަފާސްހިސާބުން ދައްކާ ގޮތުގައި 2020 ވަނަ އަހަރު ފްލައިޓް ވެއްޓިގެން ޖުމްލަ 299 މީހުން މަރުވި އެވެ. 

ނަމަވެސް 2019 ވަނަ އަހަރު މަރުވީ 257 މީހުންނެވެ. މިދިޔަ އަހަރު މަރުވި މީހުންގެ އަދަދު އިތުރުވި ނަމަވެސް 2019 ވަނަ އަހަރާ އަޅާ ބަލާއިރު 2020 ގައި ފްލައިޓް ވެއްޓުނު އަދަދު 50 އިންސައްތަ މަދެވެ. 

އެގޮތުން 2020 ގައި 40 އެކްސިޑެންޓު ހިނގި އިރި 2019 ގައި ހިނގާފައި ވަނީ 86 އެކްސިޑެންޓެވެ. ފްލައިޓް ވެއްޓުން މަދުވީ ކޮވިޑް-19 އާ ގުޅިގެން ވައިގެ ދަތުރުތައް ހުއްޓުމުންނެވެ. 

ފްލައިޓް ރޭޑާ24 އިން ލަފާކުރި ގޮތުގައި 2020 ގައި ފްލައިޓް ދަތުރުތައް 42 އިންސައްތަ ވެއްޓިފައި ވެއެވެ. އެއީ ޖުމްލަ 24.4 މިލިއަން ދަތުރެވެ. 

ފްލައިޓް ވެއްޓުން މަދުވި ނަމަވެސް މަރުވި މީހުންގެ އަދަދު އިތުރުވީ ޖެނުއަރީ 2020 ގައި އީރާނުގެ ވައިގެ ސަރަހައްދުން ޔޫކްރެއިނުގެ ފްލައިޓަކަށް ހަމަލާދީ ވައްޓާލި ހާދިސާގައި 176 މީހުން މަރުވުމުންނެވެ. 

މިދިޔަ އަހަރު ދެވަނައަށް އެންމެ ނުރައްކާތެރި ވައިގެ ހާދިސާއެއް ހިނގީ ޕާކިސްތާނުގަ އެވެ. މޭ މަހު ވެއްޓުނު އެ ފްލައިޓުން 98 މީހުން މަރުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް