ހަބަރު /
ސިފައިންގެ މާލޭ އޭރިއާ ކޮމާންޑް އޮޕަރޭޝަން ސެންޓަރު ހުޅުވައިފި
17 ނޮވެންބަރ 2019 - 09:06:56
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) މާލޭ އޭރިއާ ކޮމާންޑް އޮޕަރޭޝަން ސެންޓަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުޅުއްވައިދެއްވައިފި އެވެ.

ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމުގައި ވެސް ހުންނަވާ ރައީސް ސޯލިހު އެ ސެންޓަރު ހުޅުއްވައިދެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އަލަށް ހުޅުވި އެމްއެންޑީއެފް މާލޭ އޭރިއާގެ ކޮމާންޑް އޮޕަރޭޝަން ސެންޓަރަކީ ސިފައިންގެ އޭރިއާތަކުގެ އޮޕަރޭޝަން ސެންޓަރުތަކުގެ ގާބިލުކަން އިތުރުކުރުމަށް، ޒަމާނީ ޓެކްނޮލޮޖީ އާއެކު ހިންގާ އޮޕަރޭޝަންތައް މޮނީޓާ ކުރެވޭނެ ނިޒާމާއެކު އަޕްޑޭޓް ކުރެވިފައިވާ މަރުކަޒެކެވެ.
އެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ޖެނެރަލް އޮފިސަރުންގެ އިތުރުން އެމްއެންޑީއެފް މާލޭ އޭރިއާގެ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ސިފައިން ބައިވެރިވެވަޑައިގެންނެވި އެވެ.
ޒަމާނީ ވަސީލަތްތަކާއެކު ތައްޔާރުކޮށްފައިވާ އެ ސެންޓަރުން ކުރަމުންދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ވާހަކަ ދައްކަވާފަ އެވެ. އަދި އެ ސެންޓަރުގެ މަސައްކަތްތަކުގެ ތައާރަފު، ރައީސުލްޖުމުހޫރިއްޔާ އަށް އަރުވާފައި ވަނީ އެމްއެންޑީއެފް މާލޭ އޭރިއާގެ ކޮމާންޑަރު ކާނަލް އަބްދުއް ރައޫފެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް