ads
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކޮވިޑް ވެކްސިން ޖައްސަވަނީ-- ފޮޓޯ: އޭޕީ
ކޮވިޑް ވެކްސިން ދިނުމުގެ ރޭހުގެ ކުރީގައި އިޒްރޭލް!
ކޮވިޑް-19 ބައްޔަށް ހާއްސަ ވެކްސިންތައް ބޭނުން ކުރަން ދުނިޔޭގައި ފަށާފައި ވާއިރު ވެކްސިން ދިނުމުގެ ރޭހުގެ އެންމެ ކުރީގައި އުޅޭ ގައުމަކީ އިޒްރޭލެވެ.

ރިޕޯޓުތައް ބުނާ ގޮތުން ފާއިތުވި އެންމެ ނުވަ ދުވަހުގެ ތެރޭގައި އެގައުމުގެ ޖުމްލަ އާބާދީގެ ހަތް ޕަސަންޓަށް ވަނީ ވެކްސިން ދީ ނިންމާފަ އެވެ. 

ގާތްގަނޑަކަށް 8.7 މިލިއަން މީހުންގެ އާބާދީއެއް އޮތް އިޒްރޭލުން މިހާތަނަށް 644،000 އަށް ވުރެ ގިނަ މީހުންނަށް ފައިޒާ އަދި ބަޔޯއެންޓެކްގެ ވެކްސިން ޑޯޒް ވަނީ ދީފަ އެވެ. 

އިޒްރޭލުގެ ބޮޑުވަޒީރު ވަނީ 24 ގަޑިއިރު ހުއްޓުމެއް ނެތި ވެކްސިން ދިނުމުގެ ޕްރޮގްރާމު ކުރިއަށް ގެންދަން އަމުރު ކުރައްވާފަ އެވެ. އަދި އެ މަސައްކަތުގައި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. 

އިޒްރޭލުން މިހާތަނަށް ވަނީ ފައިޒާ، މޮޑާނާ އަދި އެސްޓްރަޒެނެކާގެ ވެކްސިން ގަންނަން އޯޑަރު ދީފަ އެވެ. 

ބެލެވޭ ގޮތުގައި "ގްރީން ޕާސްޕޯޓް ސްކީމް" ނަމުގައި މި މަހު އިޒްރޭލުން ހާއްސަ ޕްރޮގްރާމެއް ފަށާނެ އެވެ. އެ ޕްރޮގްރާމުގެ ދަށުން ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހުންނާއި ވެކްސިން ޖަހާފައިވާ މީހުން ކަރަންޓީނުވާކަށް ނުޖެހޭނެ އެވެ. 

އިޒްރޭލަށް ފަހު ވެކްސިން ދިނުމުގެ ރޭހުގައި ދެވަނައަށް އެންމެ ކުރީގައި އުޅޭ ގައުމަކީ ބަހްރެއިން އެވެ. ތިންވަނައިގައި އޮތީ އިނގިރޭސިވިލާތެވެ.

your imageވެކްސިން ދިނުމުގެ ރޭހުގައި ކުރީގައި އުޅޭ ގައުމުތައް--

އެމެރިކާގައި މިހާތަނަށް 2.1 މިލިއަން މީހުންނަށް ވެކްސިން ދީފައިވާ ނަމަވެސް މި ޕްރޮގްރާމް ކުރިއަށް ދަނީ ވަރަށް މަޑު ދުވެލީގަ އެވެ. އަދި އިންތިހާބީ ރައީސް ޖޯ ބައިޑެން ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ. 

ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގައި ވެކްސިން ދިނުމުގެ ރޭހުގައި އެންމެ ކުރީގައި އުޅޭ ޑެންމާކާއި ޕޯޗުގަލް އެވެ. އީޔޫގައި ހުއްދަ ދީފައި ވަނީ ފައިޒާގެ ވެކްސިނަށެވެ.

އިޒްރޭލުގައި މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 412،398 މީހުންނެވެ. އެގައުމުގައި 3000 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު ދެ ފަހަރު ލޮކްޑައުނަށް ދާން ޖެހުނެވެ. 

ވެކްސިން ޕްރޮގްރާމް ޑިސެމްބަރު 20 ގައި ފެށުމާއެކު އެންމެ ފުރަތަމަ ވެކްސިން ޖެހި ރައްޔިތަކަށް ވެވަޑައިގެންނެވީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް