ads
ނިކޯލާ އެޑަމްސް (ވ) -
ބޮކްސިން ލެޖެންޑް ނިކޯލާ އެޑަމްސް ހުރީ ރާއްޖޭގައި ބާ؟
އިނގިރޭސިވިލާތަށް އުފަން މަޝްހޫރު ބޮކްސިން ލެޖެންޑް ނިކޯލާ އެޑަމްސްގެ ލޯބިވެރިޔާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަކަން ހާމަވުމާއެކު ނިކޯލާ ވެސް ހުރީ ރާއްޖޭގައި ތޯ ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި އެވެ.

މި ބަހުސް ފެށިފައިވަނީ އޭނާގެ ލޯބިވެރިޔާ އެލާ ބައިގް ރާއްޖޭގެ މޫދެއްގައި ނަގާފައި ހުރި ފޮޓޯތަކެއް އާންމުވުމުންނެވެ. 

ނަމަވެސް އޭނާއާއެކު ނިކޯލާ އައިކަމެއް ނުވަތަ ނާންނަ ކަމެއް ހާމަކޮށްފައެއް ނުވެއެވެ. 

މިހާރު އުމުރުން 38 އަހަރުގެ ނިކޯލާއަކީ ޕްރޮފެޝަނަލް ބޮކްސަރެކެވެ. އޭނާގެ ހާއްސަކަމަކީ އޭނާ ބައިވެރިވި އެއްވެސް މުބާރާތަކުން ބަލިވެފައި ނުވުމެވެ.

ނިކޯލާ ބޮކްސިން ކެރިއަރު ކުރިއަށް ގެންގޮސްފައިވަނީ 2010 ވަނަ އަހަރުން 2019 ވަނަ އަހަރަށެވެ. 

ނިކޯލާ ވަނީ 2012 ވަނަ އަހަރު ލަންޑަނުގައި އޮތް އޮލިިމްޕިކްސް ޗެމްޕިއަންޝިޕުގެ ރަން މެޑަލް ހޯދާފަ އެވެ. އެއީ އަންހެން ބޮކްސިން ތެޅުންތެރިއަކު ރަން މެޑަލް ހޯދި ފުރަތަމަ ފަހަރެވެ. އަދި އޭގެ ފަހުން 2016 ވަނަ އަހަރު ބްރެޒިލްގެ ރިއޯގައި އޮތް އޮލިމްޕިކްސް ގޭމުން ވެސް އޭނާ ވަނީ ރަން މެޑަލް ހޯދާފަ އެވެ. 

ނިކޯލާ ބޮކްސިން ތެޅުން ހުއްޓާލުމުގެ ކުރިން ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކުން ވަނީ ރަން މެޑަލް ހާސިލްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް