ads
ޓެނަންޓްސް ޔޫނިއަނުގެ މުއައްސިސް މުހައްމަދު ޝައިން ޔޫސުފް--
4000 ރުފިޔާއަށް އެއް ކޮޓަރީގެ އެޕާޓްމަންޓެއް ލިބެންޖެހޭ: އެމްޓީޔޫ
ސިވިލް ސާވިސްގައި މަސައްކަތް ކުރާ ފަރާތްތަކަށް އެންމެ ދަށް އުޖޫރައެއްގެ ގޮތުން ލިބެނީ 7000 އެއްހާ ރުފިޔާކަމުން އެ ފަރާތްތަކަށް އެއް ކޮޓަރީގެ އެޕާޓްމަންޓެއް 4000 ރުފިޔާއަށް ލިބެން ޖެހޭ ކަމަށް މާލޭ ޓެނަންޓްސް ޔޫނިއަނުން ބުނެފި އެވެ.
ސިވިލް ސާވިސްގައި މަސައްކަތް ކުރާ ފަރާތްތަކަށް އެންމެ ދަށް އުޖޫރައެއްގެ ގޮތުން ލިބެނީ 7000 އެއްހާ ރުފިޔާކަމުން އެ ފަރާތްތަކަށް އެއް ކޮޓަރީގެ އެޕާޓްމަންޓެއް 4000 ރުފިޔާއަށް ލިބެން ޖެހޭ ކަމަށް މާލޭ ޓެނަންޓްސް ޔޫނިއަނުން ބުނެފި އެވެ.

ރޭ ސީއެންއެމް ޓީވީގެ އިތުރުކާފު ޕްރޮގްރާމުގައި މާލޭގެ ކުލި ކޮންޓްރޯލު ކުރުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މާލޭ ޓެނަންޓްސް ޔޫނިއަނުގެ މުއައްސިސް މުހައްމަދު ޝައިން ޔޫސުފް ވިދާޅުވީ، ލިބޭ އާމްދަނީއާ ނުބައްދަލު އަދަދެއް ކުލީގެ ގޮތުގައި ދައްކަން ޖެހިފައިވަނީ ސަރުކާރުގެ ސިޔާސަތުތަކުގެ ދޯދިޔާކަމުން ކަމަށެވެ.

އެގޮތުން ސަރުކާރުގެ ސިޔާސަތުތައް ބައްޓަންވެފައި އޮތް ގޮތުގެ ސަބަބުން ދުވަހެއް ދުވަހަކަށް ކުލި ބޮޑުވަމުން އަންނަކަން ފާހަގަކުރައްވާ ޝައިން ވިދާޅުވީ ސަރުކާރުގެ ބޭންކުގެ އިންޓަރެސްޓް ވެސް މައްޗަށް އަރައިގެންދާ ސަބަބަކީ އެއީ ކަމަށެވެ. އަދި އެކަމަށް ހައްލެއް ގެނެވޭނީ ރައްޔިތުން އެކަމަށް ޕްރެޝަރުކޮށްގެންކަމަށް ވެސް ޝައިން ވިދާޅުވި އެވެ. އެހެންނަމަވެސް މާލޭ ޓެނަންޓްސް ޔޫނިއަނުގެ ޕްލޭނެއް އެކަމުގައި އަދި ނެތްކަން ވެސް އޭނާ ފަހަގަ ކުރައްވަ އެވެ.

އޭގެ އިތުރުން ޝައިން ވަނީ ސިވިލް ސާވިސްގައި މަސައްކަތް ކުރާ މީހުންގެ މުސާރައާ އަޅާބަލާއިރު އެމީހުންނަށް 4000 ރުފިޔާއަށް އެޕާޓްމަންޓް ލިބެން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެކަމަކު އެއީ އެޕާޓްމަންޓް ކުއްޔަށް ދޫކުރާ މީހާއަށް ލިބޭ ގެއްލުމެއް ކަމުން އެޕާޓްމަންޓް ދޫނުކޮށްފިނަމަ ދެން އޮތް ޕްލޭނަކީ ކޮބާތޯ ސުވާލުކުރުމުން އޭނާ ވިދާޅުވެފައި ވަނީ ބޯހިޔާވަހިކަމަކީ އިންސާނީ ހައްގެއް ކަމަށާއި ވިޔާފަރިއެއް މީހުން ކުރާނީ 100 އިންސައްތަ ފައިދާވާނެ ކަމަށް ވިސްނައިގެން ވެސް ނޫން ކަމަށެވެ.

"އެންމެ ފުރަތަމަ ކަމަކަށް ޕެޓިޝަނެއް ހުށަހަޅާފަ އެއޮތީ. އެމީހުން ބޭނުންވާ ޓެކްނިކަލް އެޑްވައިސެއް އޮތިއްޔާ އަޅުގަނޑުމެން އެކަމަށް ހުށަހަޅާނަން. އޭރަށްވާއިރަށް އެމަސައްކަތް ކުރިއަށްދާނެ. އެކަމަކު މިހާރުން މިހާރަށް އަޅުގަނޑުމެން ހިސާބުތަކެއް ހަދައިގެން މިސާލަކަށް ބޮޑު ރިޕޯޓެއް ހަދައިގެން ކޮންމެހެން އެ މަސައްކަތް ކުރުމުގެ އަނެއްހެން ބޭނުމެއް ނެތް،" ކުލި ކުޑަކުރަން ސަރުކާރަށް ޕްރެޝަރުކުރަން ޓެނެންޓްސް ޔޫނިއަނުގެ ޕްލޭނަކީ ކޮބާތޯ ޝައިން ވިދާޅުވި އެވެ.

މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) ގެ ނަމުގައި މާލޭގައި ތަންތަން ކުއްޔަށް ހިފައިގެން ދިރިއުޅެމުން އަންނަ މީހުންގެ ޖަމިއްޔާއެއް އުފައްދާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 16 ގަ އެވެ.

އެ ޖަމިއްޔާގެ މަގުސަދަކީ ޒަމާންތަކެއް ވަންދެން މާލޭގައި ކުއްޔަށް ދިރިއުޅެމުން އައި މީހުން ވޭނާއި ތުރާތައް ހިއްސާކުރަމުންދާތީ އެމީހުންގެ ކަންބޮޑުވުންތަކަށް ރަސްމީ ސިފައެއް ގެނެސްދިނުމެވެ. ޖަމިއްޔާ އުފައްދާ އެ ޖަމިއްޔާއިން ނެރުނު ނޫސްބަޔާނެއްގައި ވެސް ވަނީ މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުންގެ ހައްގުތައް ހިމާޔަތްކޮށް އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް ޖަމިއްޔާގެ މަގްސަދެއް ކަމަށް ބުނެފަ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު އެ ޖަމިއްޔާއިން ވަނީ މާލޭ ކުލީގެ އަގު ހެޔޮކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމަށް މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް ވެސް ފަށާފަ އެވެ. މިހާތަނަށް ވަނީ 250 އަށްވުރެ ގިނަ މީހުން އެ ޕެޓިޝަނުގައި ސޮއިކޮށްފައި ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް