ބޮލީވުޑު ތަރިންގެ އެންމެ މަގްބޫލު މަންޒިލަށް ރާއްޖެ ވެފައިވާ މި ދަނޑިވަޅުގައި އެއް ފަހަރަށް ވުރެ ގިނައިން ވެސް ބައެއް ތަރިން ދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.
އެގޮތުން އަނާންޔާ ޕާންޑޭ، ކިއާރާ އަދްވާނީ، ދިޝާ ޕަޓާނީ، އިޝާން ހެޓާ، ޓައިގާ ޝްރޮފް އަދި ސިދާތް މަޅޯތްރާ މިހާރު ތިބީ ރާއްޖޭގެ ރިސޯޓުތަކުގަ އެވެ.
އެމީހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ފޮޓޯތަކުން ދަނީ އިންސްޓަގްރާމް ފުރާލަމުންނެވެ. އަދި އެ ފޮޓޯތަކަށް އެތައް މިލިއަން ބައެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ.
ބޮލީވުޑު ގިނަ ތަރިންތަކެއް ރާއްޖޭގައި އާ އަހަރު ފެށިއިރު، އިންޑިއާއަކީ މިހާރު ރާއްޖޭގެ އެންމެ ބޮޑު އެއް ފަތުރުވެރިންގެ މާކެޓެވެ.