ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވި ދެ ނަންފުޅުގެ ތެރޭގައި ހިމެނޭ ފާތިމަތު ދިޔާނާ ސައީދު -- ފޮޓޯ / ސަން
އަދާލަތު ޕާޓީގެ އަޑު ނުކެނޑި އޮތީ ދެ އަންހެނުންގެ ސަބަބުން: ދިޔާނާ
Share
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ޖަލުގައި އޮންނެވިއިރު އެ ޕާޓީގެ އަޑު ނުކެނޑި އޮތީ ދެ އަންހެން ބޭފުޅުންގެ ސަބަބުން ކަމަށް ކުރީގެ ބަންޑާރަ ނާއިބު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.
Advertisement

ދިޔާނާ މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ މިމަހުގެ 23 ވަނަ ދުވަހު އަދާލަތު ޕާޓީން ބާއްވަން ނިންމާފައިވާ އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ޕާޓީގެ ރައީސް ކަމުގެ މަގާމަށް އަންހެނަކަށް ކުރިމަތިލެވެން ޖެހޭ ކަމަށް އެ ޕާޓީގެ ފޮރިން އެފެއާޒް ކޮމިޓީގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް، އޮންލައިން ނޫހަކަށް ދިން އިންޓަވިއުއެއްގައި ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ. 

އެކަމަށް ތާއީދުކުރައްވައި، ދިޔާނާ ވިދާޅުވީ އަދާލާތު ޕާޓީގެ ރައީސް ޖަލުގައި އޮންނެވިއިރު އެ ޕާޓީގެ އަޑު ނުކެނޑި އޮތީ ހިތްވަރު ގަދަ ދެ އަންހެން ބޭފުޅުންގެ ސަބަބުން ކަމަށެވެ. އެގޮތުން އެ ޕާޓީގެ ރައީސް ކަމަށް ޝިދާތާއަކީ ގާބީލް ބޭފުޅެއް ކަމަށް ދިޔާނާގެ ޓްވީޓުގައި ވިދާޅުވި އެވެ. 

އަދާލަތު ޕާޓީގެ އަސާސީ ގަވާއިދުގައި މި ވަގުތު އޮތް ގޮތުން ޕާޓީގެ ރައީސަކަށް ވެސް އަދި ނައިބު ރައީސަކަށް ވެސް އަންހެނަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް