ads
ރައުދާ އާތިފް
ރައުދާގެ މަރާ "ބަގާވާތާ" ތަފާތެއް ނެތް: ރައުދާގެ ބައްޕަ
ރައުދާގެ މަރާއި 2012 ވަނަ އަހަރުގެ ފެބުރުއަރީ 7 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފުރޮޅާލަން ކުރި "ބަގާވާތާ" ތަފާތެއް ނެތް ކަމަށް ރައުދާގެ ބައްޕަ ޑރ. މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.

އާތިފް މިއަދު ބުނީ ދަރިފުޅު ރައުދާގެ ކަރުގަހިފާ މޫނުމަތީޖަހާ މަރާލާފަ ހުރި އަނިޔާ ހުރީ އޭނާގެ ހަށިގަނޑުން ފެންނަން އެބަހުރިކަމަށެވެ. ރާއްޖޭގައި ހިންގި "ބަގާވާތަކީ" ވެސް މުޅިދުނިޔެ އަށް ލައިވްކޮށް ފެނު މަންޒަރެއްކަމަށް އޭނާ ބުންޏެވެ. 

"ރައުދާގެ މޫނުގަ ހުރިއަނިޔާތަށް ވެސް ދުނިޔެދެކުނު.ނަމަވެސް މަރުކަމިޝަނުން އެއީ "އުފަންލަފަށް" ހަދާ ރައުދާ އަމިއްލައަށް މަރުވިކަމަށް ނިންމީ.ރައިސް ނަޝީދު ބުނަނީ ބަގާވާތޭ.މިބައްޕަ މިބުނަނީ ''މާޑާޢޭ''،މަރާލީއޭ.ރައީސް ނަޝީދުގެ ބަގާވާތް ތަހުގީގު ކޮށް ނެރުނީ ކޯނީރިޕޯޓް .ކޯނީރިޕޯޓްގަ ބުނަނީ ރައީސް ނަޝީދު ވެރިކަން ދޫކޮށްލީއޭ. ރައީސް ނަޝީދު އެވަރުންވެސް ކޯނީ ރިޕޯޓެއްގަބޫލެއް ނުކުރޭ!؟" - ރައުދާގެ ބައްޕަ-

ރާޖު ޝާހީ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖު ގައި މެޑިސިން ކިޔަވަމުންދިޔަ މޮޑެލް ރައުދާ އާތިފް މަރުވެފައި އޮއްވާ ފެނުނީ ބަންގާޅުގައި އޭނާ ދިރިއުޅުނު ޑޯމް ރޫމްގެ ތެރެއިން 2017 ވަނަ އަހަރުގެ މާޗު 29 ވަނަ ދުވަހު އެވެ. 

ބަންގާޅުގެ ޕޮލިސް ބިޔުރޯ އޮފް އިންވެސްޓިގޭޝަނުން ރައުދާގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށް ފަހު ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ "ރައުދާ މަރުވީ ލޯބިވެރިޔާއާ މައްސަލަޖެހި، އެކަމުގެ ނުތަނަވަސްކަމުގައި އަމިއްލަ އަށް ދަންޖެހިގެން "ކަމަށެވެ. 

މައްސަލައިގެ ތަހުގީގަށް ރައުދާ އާއި އޭނާގެ ލޯބިވެރިޔާ ވަޓްސް އެޕުން ދައްކާފައި ހުރި ވާހަކަ ހިމެނޭ 17000 ސަފުހާގެ ޗެޓު ލޮގުތަކާއި ފޭސްބުކް ޗެޓު ދިރާސާ ކުރި އިންވެސްޓިގޭޝަން ޓީމުން ބުނާއިރު ރައުދާ މަރުވުމުގެ ކުރިން ފޮނުވި މެސެޖު އޭނާގެ ލޯބިވެރިޔާ އަށް ފޮނުވާފައިވަނީ ދަންވަރު 2:30 ގައެވެ.

ރައުދާގެ މަރުގެ މައްސަލާގައި އޭނާ އާއެކު ކިޔަވަން އުޅުނު ކުއްޖަކަށް ވެސް ތުހުމަތު ކުރި އެވެ. ނަމަވެސް ފުލުހުންގެ ތަހުގީގުން ފާހަގަވީ ރައުދާ މަރުވީ އަމިއްލަ އަށް، ދަންޖެހިގެން ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހު އުފެއްދެވި މަރު ކޮމިޝަނުން ރައިދާގެ މަރާއި ގުޅިގެން އާންމު ކުރި އިޕޯޓުގެ ނިންމުންތައް ބަންގުލަދޭޝްގެ ފުލުހުންގެ ނިންމުންތަކާ ދާދި އެއްގޮތެވެ. 

އެހެން ނަމަވެސް، ރައުދާގެ ޕައްޕަ އާތިފް އެ އިންވެސްޓިގޭޝަންތައް ގަބޫލެއް ނުކުރެއެވެ. އޭނާ ތުހުމަތު ކުރަނީ ބަޔަކު ރައުދާ މަރާލި ކަމަށެވެ. އަދި އޭނާގެ ކަރުގައި "އުފަން ލަށް" ކަމަށް ބުނެ ދައްކަނީ އުފަން ލަށް ނޫންކަމަށް ވެސް އޭނާ ބުނެއެވެ. 

"ރައުދާގެ ޕޯސްޓް މޯޓަމް ހަދާފަ ފޮރެންސިކު ޑަކްޓަރުން ބުނީ އަމިއްލައަށް ރައުދާ މަރުވީއޭ. ނަމަވެސް އަމިއްލައަށް މަރުވީ ކަމަށްބުނާއިރު މަރުވީ ސްކާފަކުން ދަންޖެހިގެނޭ ލިޔެފަކަނެތް. މަރުވަން ދިމާވީ އޮކްސިޖަން ނުލިބުމުން ނޭވާ ހާސްވެގެން ނުވަތަ "އެސްފިކްސިޢާ" އިންނޭ ލިޔެފައޮތީ. ކަރުގަ ހިފިޔަސް ދަންޖެހުނަސް މަރުވަނީ ނޭވާނުލެވި އޮކްސިޖަން ނުލިބިގެން،ކޯނީރިޕޯޓްގަ ނެތް ސައިންޓިފިކް ހެއްކެއްވެސް.ނަމަވެސް ރައުދާގެ މަރުގެ ޕޯސްޓްމޯޓަމް ރިޕޯޓްގަ އެބަހުރި ފޮރެންސިކް ސައިންޓިފިކް ހެކި.ވިމާ މިބައްޕަ އަށް ބުނެދީ ރައުދާގެ މޫނުގަ ކަރުގަ ހުރި އަނިޔާ "އުފަންލަފަށް ވީގޮތެއް!؟،" - ރައުދާގެ ބައްޕަ-

މި މައްސަލައިގައި ރައުދާގެ ބައްޕަގެ ތުހުމަތުތަކަށް ދައުލަތުގެ އެއްވެސް ފަރާތަކުން އަދި އެއްޗެއް ނުބުނެއެވެ. 

25%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް