ads
ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މަސްތަފާ--
މިޔަރު އުރަހަ ވިއްކުމަކީ "ހަލާލު" މަސައްކަތެއް: މުސްތަފާ
މިޔަރު އުރަހަ ވިއްކުމަކީ "ހަލާލު" މަސައްކަތެއް ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަތަކެއް އިއްޔެ ކަސްޓަމްސް އިން ވަނީ އަތުލައިގަނެފަ އެވެ. 

ކަސްޓަމްސް އިން އަތުލައިގަތް މިޔަރު އުރަހަތަކުގެ ބަރުދަނުގައި 429 ކިލޯ ހުއްޓެވެ. 

މިޔަރު އުރަހަތައް ހުރި 24 ފޮށިގަނޑު އަތުލައިގަތެވެ. 

މި މައްސަލާގައި މުސްތަފާ ވިދާޅުވީ، މިޔަރު އުރަހަ ވިއްކުމަކީ "މާތް ކަލާންގެ ވިޔަފާރި ކުރުން ހަރާން ކުރެއްވި އެއްޗެއް ނޫން،" ކަމަށެވެ. 

"ކަސްޓަމްސް އިން އަތުލައިގަތް މިޔަރު އުރަހަތައް.. މިކަން ކުރި މީހުން މި ކުރީ ހަލާލު ކަމެއް،" މުސްތަފާ ވިދާޅުވި އެވެ. 

ރާއްޖޭގައި މިޔަރު އުރަހަ ވިއްކުން "ހަރާންވީ" އދ.ގެ ސައިޓްސް މުއާހަދާގެ ސަބަބުން ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ. 

ކޮންވެސްންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީސީޒް (ސައިޓްސް) އަކީ ދުނިޔެއިން ނެތިދިއުން ކައިރިވެފައިވާ ދިރޭ ތަކެތީގެ ވިޔަފާރި ކުރުން ހުއްޓުވުމަށް ސޮއިކޮށްފައިވާ މުއާހަދާއެކެވެ. 

ރާއްޖެގައި ދިރުއުޅޭ ވެލާ ކަނހަނބާއި، މިޔަރާއި އަދި އެހެނިހެން ރައްކާތެރި ކުރެވިފައިވާ ދިރޭ ތަކެއްޗަކީ ރާއްޖޭގެ ތިމާވެށީގައިވާ އީކޯ ސިސްޓަމް ރަނގަޅަށް މަސައްކަތް ކުރަން ކޮންމެހެން ބޭނުންތެރި ތަކެއްޗެވެ.

މިޔަރު އުރަހައަކީ ސީފުޑްގެ ތެރޭގައި ހިމެނޭ އަގުބޮޑު ބާވަތެކެވެ.  

17%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް