ads
އެސްޑީއެފްސީ--
ދެހާހަށް ވުރެ ގިނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށް 346 މިލިއަން ރުފިޔާ ދޫކޮށްފި
ކޮވިޑް-19 އާ ގުޅިގެން ތައާރަފްކޮށްފައިވާ ވިޔަފާރި އެހީ ލޯނުގެ ދަށުން 2،150 އަށް ވުރެ ގިނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދައުލަތުން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 31 ޑިސެމްބަރުގެ ނިޔަލަށް ވިޔަފާރި އެހީ ލޯނަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ހިންގާ ފަރާތްތަކުގެ ތެރެއިން 4،086 ފަރާތަކުން ކުރިމަތިލާފައިވާ އިރު، އޭގެ ތެރެއިން ދައުލަތުން އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވަނީ 2،205 ފަރާތަކަށެވެ.

އެހީތެރިކަން ފޯރުކޮށްދޭން ނިންމި 2،205 ފަރާތުގެ ތެރެއިން ދައުލަތުން ވަނީ މިހާތަނަށް 2،053 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން އެ ފަރާތްތަކަށް ދައުލަތުން 346 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިންގާ ފަރާތްތަކުގެ ތެރެއިން ދައުލަތުން މިހާތަނަށް 2،205 ފަރާތަކަށް ވިޔަފާރި އެހީ ލޯނުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާ އިރު، ގަނެ ވިއްކުމުގެ ވިޔަފާރިތައް ހިންގާ 846 ފަރާތަކަށް 201.1 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. އަދި އަމިއްލަ ވިޔަފާރި ހިންގާ 2،053 ފަރާތަކަށް 52.5 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

ފިނޭންސް މިނިސްޓްރީ އާއި އެސްޑީއެފްސީ ގުޅިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރާ ވިޔަފާރި އެހީ ލޯނަކީ 2019 ވަނަ އަހަރު 10 މިލިއަނަށް ވުރެ ދަށުން އާމްދަނީ ލިބިފައިވާ ވިޔަފާރިތަކުގެ ތެރެއިން ކޮވިޑް-19 ގެ ސަބަބުން އަސަރުކޮށްފައިވާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހަދާފައިވާ ލޯން ސްކީމެކެވެ.

އެސްޑީއެފްސީން ލޯނު ދޫކުރަނީ ކުދި ވިޔަފާރިތަކަށް ކަމަށްވާ އިރު، ދައުލަތުގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސް އިން ލޯނު ދޫކުރަނީ ބޮޑެތި ވިޔަފާރިތަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް