ads
އިސްލާމީ މަރުކަޒު: -
މިސްކިތްތައް މަރާމާތުކުރާނެ ބަޖެޓު ވަނީ ކައުންސިލްތަކާ ހަވާލުކޮށްފައި
އިސްލާމީ މަރުކަޒުގެ މުންނާރާއި ގުއްބު ބާވެ ހަލާކުވާތީ އެކަމާއި ގުޅިގެން ގިނަބަޔަކު ފާޑުކިޔަމުން ދަނިކޮށް، މިސްކިތްތައް މަރާމާތު ކުރާނެ ބަޖެޓު ކައުންސިލްތަކާ 2019 ވަނަ އަހަރު ހަވާލުކޮށްފައިވާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމީ މަރުކަޒު މަރާމާތް ކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން މީގެ އެއް އަހަރު ދުވަސް ކުރިން ފަށައިގެން ކުރިއަށް ދަކަމަށް ވެސް އެ މިނިސްރީން ބުނެއެވެ. ނަމަވެސް މިސްކިތްތައް މަރާމާތު ކުރާނެ ބަޖެޓު 2019 ވަނަ އަަހަރު ކައުންސިލްތަކަށް ދީފައިވާނެކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.  

އެ މިނިސްޓްރީން މިހެން ބުނީ އިސްލާމީ މަރުކަޒު ހަލާކުވަމުން ދާކަމަށް ވުނެ ބައެއް މީހުން ފާޑުކިއުން އަމާޒުކުރުމުންނެވެ. 

މިހާރު ކުރަމުން ގެންދާ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރު ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. އަދި މިއީ އެ މަރުކަޒު އެޅިފަހުން އެތަން މަރާމާތުކުރުމަށް ހިންގާ އެންމެ ބޮޑު މަޝްރޫ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. 

"ހަލީފާ ފައުންޑޭޝަން އާއި ހަވާލުކޮށްގެން 2019 ވަނަ އަހަރުންފެށިގެން ދަނީ ކުރަމުން އެގޮތުން މަރުކަޒުގެ އެތެރޭގެ ބައެއް މަސައްކަތް ނިމި ބޭރުގެ ބައެއް މަސައްކަތް މިހާރު ދަނީ ކުރިއަށް،" -އިސްލާމިކް މިނިސްޓްރީ

ގުއްބު އަދި މުންނާރުގެ ބޮޑެތި މަރާމާތުގެ މަސައްކަތްތަކެއް ކުރަން ވެސް ތައްޔާރު ވެފައިވަނާކަމަށް އެ މިނިސްޓްރީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް