ads
އެއާޕޯޓްގައި މާރާމާރީ ހިންގި ބީދޭސީ މީހާ
އެއާޕޯޓުގައި މާރާމާރީ ހިންގި މީހާ ދޫކޮށްލައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލްގައި ދިވެހި ދެ މުވައްޒަފަކަށް ހަމަލާދިން އެމެރިކާ މީހާ ދޫކޮށްލައިފި އެވެ.

އެމެރިކާ ފިރިހެނަކު ދިވެހި ދެ މުވައްޒަފަކަށް ހަމަލާދީ މާރާމާރީ ހިންގީ އެތައް ބައެއްގެ ކުރިމަތީގައި މިއަދު ހެނދުނު އެވެ. އިންޓަނޭޝަނަލް ޓާމިނަލްގެ ޗެކިން ސަރަހައްދުގައި ހިނގި މި މާރާމާރީގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު، އޭނާ ދެ ދިވެއްސަކަށް ހަމަލާ ދިނީ، އޭނާގެ ލަގޭޖް ބަރުވެގެން ފައިސާ ދައްކަން ބުނުމުން ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

އޭނާ ހައްޔަރުކޮށް، ހައްޔަރާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރުތު ކުރުމަށްފަހު އޭނާ ކޯޓުން ދޫކޮށްލާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އެހެންނަމަވެސް އެކަމުގެ ތަފްސީލެއް ލިބިފައެއް ނުވެ އެވެ.

ހެނދުނު އާއްމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެއާޕޯޓު މުވައްޒަފަކާއި ކޮންމެވެސް ކަމަކާ ދެބަސްވެ ހަޅޭއްލެވުމަށްފަހު އެނބުރި އައިސް ދިވެހި މުވައްޒަފުގެ ބޮލުގައި ވަރަށް ބާރަށް ޖަހަ އެވެ. އެއާ އެކު ދިވެހި މުވައްޒަފު ބިން މައްޗަށް ވެއްޓެ އެވެ. އަދި އެކަން ހުއްޓުވުމަށް އަންނަ އެހެން ދިވެހި މުވައްޒަފެއްގެ މޫނުމަތީގައި ބިދޭސީ މީހާ ވަރަށް ބާރަށް ޖަހާ ތަން ވެސް މި ވީޑިއޯތަކުން ފެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް