ads
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ--
އަންނަ ހަފްތާގައި ސްކޫލުތައް ހުޅުވަން ބެލެނިވެރިން ބޭނުންވޭ
ޖެނުއަރީ 10 ގައި ސުކޫލްތައް ހުޅުވުމަށް ބެލެނިވެރިން ބޭނުންވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު ވިދާޅުވެއްޖެ އެވެ.

ސުކޫލުތައް ހުޅުވެން ހަފްތާއަކަށް ވުރެ މަދު ދުވަހަށް ވެފައިވާ އިރު މިކަމާ ގުޅޭ ގޮތުން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން މުޖާހިދު ވިދާޅުވީ ސުކޫލުތަކުގެ ކިޔެވުން ޖެނުއަރީ 10 ގައި ފެށުމަށް ނިންމާފައިވާ ނިންމުމަށް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.

ސުކޫލްތައް ހުޅުވުމާ އެކު ދަރިވަރުން ސުކޫލްތަކަށް ގޮސް ކުލާހުގައި ހާޒިރުވެގެން ތިބޭ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި ނަމަވެސް ކިޔަވައިދޭ ކޮންޓެންޓު އެއްކޮށް ކަވާނުކުރެވޭ ނަމަ އޮންލައިންކޮށް ކުލާސްތައް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. 

ސުކޫލްތަކުގައި ކިޔަވައިދިނުން ކުރިޔަށް ދާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކުގެ ތެރެއިން ނިއު ނޯމަލްގެ ގަވާއިދުތަކާ އެއްގޮތަށް ކަމަށް މުޖާހިދު ވިދާޅުވި އެވެ.

މީގެ އިތުރުން މުޖާހިދު ވިދާޅުވީ ދަރިވަރުން ސުކޫލަށް ގޮސް ކިޔެވުމަށް ބެލެނިވެރިން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި މިކަމަށް ބެލެނިވެރިންގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާ ކަމަށެވެ.

ސުކޫލްތައް ހުޅުވާލާއިރު އެޑިއުކެޝަން މިނިސްޓްރީން ވަނީ ގަވާއިދުތަކެއް އެކުލަވާލާފަ އެވެ. އެގޮތުން ދަރިވަރުންގެ ހާޒިރީ އެމްއީއެމްއައިއެސް މެދުވެރިކޮށް އެޑިއުކެޝަނަށް ފޮނުވުމާއި ކުލާސްތަކުގައި ގައިދުރުކަން ބެހެއްޓުމަށް ވަނީ އަންގާފަ އެވެ. 

އަދި ދަރިވަރުންގެ ކިޔެވުން އެކި ސުކޫލްތަކުގައި ގެންދެވޭނީ ތަފާތުކޮށެވެ. އެއީ ތިން ގޮތަކަށެވެ. އެގޮތުން އެއް ސެޝަންއެއްގައި ކިޔަވައިދިނުން ކުރިޔަށް ގެންދާ ސުކޫލްތަކުގައި ދަރިވަރުން ސުކޫލަށް ހާޒިރު ވާން ޖެހޭނީ ހަފްތާއެއްގައި ފަސް ދުވަހު ކަމަށާއި ދެ ސެޝަނަށް ކިޔަވައިދޭ ސުކޫލްތަކުގައި ދަރިވަރުން ސުކޫލަށް ހާޒިރު ވާން ޖެހޭނީ ހަފްތާއަކު ފަސް ދުވަހު ކަމާއި އަދި ދެ ސެޝަނަށް ކިޔަވައިދޭ ބައެއް ސުކޫލްތަކުގައި ދަރިވަރުން ހާޒިރުވާނީ ދެ ދުވަހުން އެއް ދުވަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވެއެވެ.

އެކަޑަމިކް ކަލަންޑަރުގައިވާ ފަދައިން 10 ޖެނުއަރީ 2021 ގައި 2020-2021 ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ފެށިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރީން ވަނީ އަންގާފަ އެވެ. އެއީ އެލްކޭޖީއިން ފެށިގެން ގްރޭޑް 12 ގެ ހުރިހާ ދަރިވަރުންނަށް ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.

އެޑިއުކޭޝަނުން ސުކޫލްތައް ހުޅުވުމަށް މި ނިންމުން ނިންމިއިރު އަދިވެސް ކޮވިޑްގެ ކޭސްތައް ދަނީ މާލެ ސަރަހައްދުން ފެންނަމުންނެވެ. އެގޮތުން އިއްޔެ މުޅި ރާއްޖެއިން ކޮވިޑް-19 އަށް 33 މީހުން ޕޮޒިޓިވްވެފައި ވާއިރު މާލެ ސަރަހައްދުން 24 މީހަކު ވަނީ ޕޮޒިޓިވްވި އެވެ.

68%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
21%
ވަރަށް ސަލާމް
ކޮމެންޓްސް