ލަތާގެ ހާލު މިހާރު ރަނގަޅު
17 ނޮވެންބަރ 2019 - 08:47:17
ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރްގެ ހާލު މިހާރު ރަނގަޅު ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.

ލަތާ ހޮސްޕޓަލުގައި އެޑްމިޓުކޮށްފައިވަނީ ނޭވާލުމަށް އުނދަގޫތަކެއް ވާތީ އެވެ.
ހާލު ސީރިއަސް ވުމާ ގުޅިގެން އައިސީޔޫގައި އޭނާ އޭރު އެޑްމިޓް ކުރި ނަމަވެސް މިހާރު ލަތާގެ ހާލު ރަނގަޅު ކަމަށް މަޝްހޫރު ލިޔުންތެރިޔާ ޝޯބާ ވަނީ ކަށަވަރުކޮށްދީފަ އެވެ.
އޭނާ ބުނީ ލަތާގެ އާއިލާ މެންބަރުންނާ ވާހަކަ ދައްކާފައިވާ ކަމަށާއި އެމީހުން ބުނާ ގޮތުގައި ލަތާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.
ބޮލީވުޑުގެ ގިނަ ފިލްމުތަކަކަށް ލަތާ ލަވަ ކިޔާފައިވާއިރު ލަތާ ވަނީ ގިނަ އެވޯޑުތަކެއް ވެސް ހާސިލްކޮށްފަ އެވެ. އެގޮތުން އެތައް އަހަރަކު އޭނާއަށް ވަނީ އެންމެ މޮޅު ޕްލޭބެކް އަންހެން ލަވަކިޔުންތެރިޔާގެ އެވޯޑު ލިބިފަ އެވެ. މީގެ އިތުރުން ހަތަރު ފަހަރު "ލައިފް ޓައިމް އެޗީވްވެންޓު އެވޯޑު" ވެސް އޭނާ އަށް ވަނީ ލިބިފަ އެވެ.
އުމުރުން 90 އަހަރުގެ ލަތާ ކިޔާފައިވާ ބައެއް ލަވަތަކުގެ ތެރޭގައި "ތުމްސޭ ނަޒަރް" އާއި "ތެރޭ ބިނަ ޒިންދެގީ ސެ" އާއި "ލަގްޖާ ގަލޭ" އާއި "ބާހޯމެ ޗަލެ އާއޯ" އާއި "ޖިޖަ ޖަލޭ" އާއި "ތޭރޭ ލިޔޭ" އަދި "މެހްބޫބު މެރޭ" ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް