ހެނދުނުގެ ނާސްތާއަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް މާބޮޑު ސަމާލުކަމެއް ނުދެވި އޮންނަ އެއް ކަންތަކެވެ. ދުވަސް ފެށުމުގެ ގޮތުން މީހާގެ ހަށިގަނޑަށް ހަކަތަ ލިއްބައިދިނުމުގެ އިތުރުން ފުރިހަމަ ހެނދުނުގެ ނާސްތާއަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެޅޭ ރަނގަޅު ފިޔަވަޅެކެވެ. ނަމަވެސް އަޅުގަނޑުމެންގެ ގިނަ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުރި ގޮތުން ހެނދުނުގެ ނާސްތާ ނިންމާލެވެނީ ސައިތައްޓަކާއި ހެދިކާއިންނެވެ.
މިކަމުގެ ހައްލު ރެޑްވޭވުން މި ވަނީ ގެނެސްދީފަ އެވެ. އޭޝިއާގެ މާކެޓުގައި ސިއްހަތަށް ފައިދާ ހުރި ބްރެކްފާސްޓް ސީރިއަލް ބްރޭންޑުގެ ގޮތުގައި މަޝްހޫރުވަމުން އަންނަ ބެގްރީސް ބްރޭންޑުގެ 36 އުފެއްދުމެއް ރެޑްވޭވްއިން މިވަނީ ބާޒާރަށް ނެރެދީފައެވެ.
ބެގްރީސް ކުންފުންޏަކީ ސީރިއަލް އުފައްދާ ތައްޔާރުކުރުމުގެ 50 އަހަރުގެ ތަޖުރިބާ ހުރި އިންޑިއާގެ ކުންފުންޏެކެވެ.
ދުނިޔޭގެ ފެންވަރުގައި ކޮލިޓީ ބެލުމަށް ބޭނުންކުރާ FSSC 22000 އަދި HACCP Halal ގެ މިންގަނޑުތަކަށް ފެތިގެން މާކެޓު ކުރެވެމުން އަންނަ ބެގްރީސް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މެޓީރިއަލް ގެނެވި ތައްޔާރުކޮށްފައިވާ ބްރޭންޑެކެވެ. އެގޮތުން މި ބްރޭންޑުގެ އޯޓްސް އަދި މުއެސްލީއަކީ ރާއްޖޭގެ މާކެޓުގައި ވެސް އެފަދަ ދެވަނައެއް ނުވާ ފަދަ ޕްރޮޑަކްޓްތަކެކެވެ. މީގެ އިތުރުން ވެސް އާންމުކޮށް މާކެޓުގައި ނުހުންނަ ޗިއާ ސީޑާއި ކުއިނޯ ވެސް ބެގްރީސްގެ ބްރޭންޑުން ލިބެން ހުރެއެވެ.
ޕްރޮޓީންނާއި ފައިބާއިން ފައްކާކުރެވިފައިވާ ބެގްރީސްގެ ހުރިހާ ބާވަތަކީ ވެސް ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދެއްވަވާ ބޭފުޅުންނަށް ހާއްސަ ބާވަތްތަކެކެވެ. އަދި ފުރިހަމަ ހެނދުނުގެ ނާސްތާއެއް ނަންގަވާ ބޭފުޅުންނަށް ޕްރޮޓީންއާއި ފައިބާއިން ފުރިހަމަ ކުރެވިފައިވާ ބާވަތެކެވެ.
ރެޑްވޭވުން ބެގްރީސް ރީޓެއިލްކޮށް ހެޔޮ އަގުތަކެއްގައި ލިބިގެންދާއިރު ހޯލްސޭލްކޮށް ނަންގަވާ ބޭފުޅުންނަށް ވެސް އެއަށްވުރެ ހާއްސަ އަގުތަކެއްގައި ރެޑްވޭވްގެ ފަރީދީމަގު ހޯލްސޭލް ފިހާރައިން ލިބިގެންދާނެއެވެ. އަދި އިތުރު މައުލޫމާތު ރެޑްވޭވްގެ ހޯލްސޭލް ނަމްބަރު 9890099 އިން ލިބިވަޑައިގަންނަވާނެއެވެ.