ޖަޕާނުން ރާއްޖެއަށް އަލިފާން ނިއްވާ އުޅަނދެއް ހަދިޔާކޮށްފި އެވެ.

Advertisement
ޖަޕާނުން ރާއްޖެއަށް އަލިފާން ނިއްވާ އުޅަނދެއް ހަދިޔާކޮށްފި އެވެ.
ނޭޝަނަލް ޑިސާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ކުރި ޓުވީޓެއްގައި ބުނީ އެއުޅަނދަކީ "ދަ ގްރާންޓް އެސިސްޓެންސް ފޯ ގްރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް"ގެ ދަށުން ޖަޕާނުން ހަދިޔާކޮށްފައިވާ އުޅަނދެއް ކަމަށެވެ.
އެގޮތުން އެ އުޅަނދު ރޭ ކަސްޓަމްސް އިން ނެރެފައިވާ ކަމަށާއި ރަސްމީކޮށް އެއުޅަނދު އެމްއެންޑީއެފް އާ ހަވާލުކުރާނެ ކަމަށް ވެސް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.
ޖަޕާނަކީ، ރާއްޖެއަށް އުމްރާނީ ގޮތުންނާއި، އިޖްތިމާއީ ގޮތުން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އެއް ގައުމެވެ. އެގޮތުން މީގެ ކުރިން ވެސް ޖަޕާނުން ވަނީ އެންޑީއެމްއޭ އަށް އަދި ފުލުހުންނަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.