ads
ރައުދާ މަރުވީ އަމިއްލައަށް ކަމަށް ގަބޫލެއް ނުކުރަން: ބައްޕަ
ދިވެހި މޮޑެލް ރައުދާ އާތިފް ބަންގާޅުގައި މަރުވީ އަމިއްލައަށް ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލައި ކޮމިޝަނުން ބުނިނަމަވެސް އެކަން ގަބޫލު ނުކުރާ ކަމަށް ރައުދާގެ ބައްޕަ، މުހައްމަދު އާތިފް ބުނެފި އެވެ.
Advertisement
ދިވެހި މޮޑެލް ރައުދާ އާތިފް ބަންގާޅުގައި މަރުވީ އަމިއްލައަށް ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލައި ކޮމިޝަނުން ބުނިނަމަވެސް އެކަން ގަބޫލު ނުކުރާ ކަމަށް ރައުދާގެ ބައްޕަ، މުހައްމަދު އާތިފް ބުނެފި އެވެ.

ރައުދާގެ ބައްޕަ، ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ކޮމިޝަނުން ނެރުނު ރިޕޯޓު ގަބޫލުނުކުރާ ކަމަށެވެ. އޭގެ އިތުރުން އާތިފް ވަނީ ރިޔާސީ ކޮމިޝަނުން ވެސް އަދި ރައީސް އޮފީހުން ވެސް އޭނާއަށް އެރިޕޯޓުގައި ފާހަގަކުރެވުނު ކަންކަން ހިއްސާނުކުރާ ކަމަށް ބުނެފަ އެވެ.

އާތިފު އިތުރަށް ބުނީ ރައުދާގެ މަރުގެ ހެކިތައް ނައްތާލުމަށް މިހާރުގެ އެސިސްޓަންޓް ކަމޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު މަސައްކަތް ކޮށްފައިވާކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އެޖަރިމާ ތަހުގީގު ކޮށްދިނުމަށް އެދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ދެންނެވި ކަމަށް ވެސް އާތިފް ބުންޏެވެ.

އާތިފް ބުނީ ރައުދާގެ ކަރުގައި ހިފާ މަރާލާފައިވާ ކަމުގެ ފޮރެންސިކް ހެކި މަރު ކޮމިޝަނަށް ވެސް ހުށަހެޅި ކަމަށާއި އެހެންކަމުން އެ ރިޕޯޓު ގަބޫލު ނުކުރާ ކަމަށެވެ.

އޭގެ އިތުރުން ޓްވީޓާ ފަދަ ވަސީލަތްތައް މެދުވެރިކޮށް ރައުދާއަށް މަރުގެ އިންޒާރުތަކެއް ވެސް ލިބިފައިވާކަން ވެސް އޭނާގެ ބައްޕަ ފާހަގަ ކުރެ އެވެ.

މަރު ކޮމިޝަނުގެ ރިޕޯޓުގައި ރައުދާ އަމިއްލައަށް މަރުވީ ކަމަށް ބުނެފައިވާއިރު ބަންގުލަދޭޝްގެ ފުލުހުން ވެސް މީގެ ކުރިން އެތަހުގީގުކޮށް ބުނެފައިވަނީ ރައުދާ އަމިއްލައަށް މަރުވީ ކަމަށެވެ.

އެހެންނަމަވެސް، އެކި ސަބަބުތަކާހުރެ ގިނަބަޔަކު ދިޔައީ ރައުދާ މަރާލި ކަމަށް ތުހުމަތު ކުރަމުންނެވެ.

އޭނާ ދަންޖެހިފައި ހުއްޓާ ފެނިފައި ވަނީ ބަނގުލަދޭޝްގެ އިސްލާމީ ބޭންކު މެޑިކަލް ކޮލެޖުގައި އޭނާ ދިރިއުޅޭ ކޮޓަރީގައެވ.

ބަނގްލަދޭޝްގައިި މެޑިސިން ކިޔަވަމުން ދިޔަ ދިވެހި މޮޑެލް ރައުދާ އާތިފް މަރުވީ އަމިއްލަ އަށް ދަންޖެހިގެން ކަމަށް ރައުދާގެ މަރުގެ މައްސަލަ ތަހުގީގު ކުރި ބަނގްލަދޭޝްގެ ފުލުހުންގެ ޓީމުން ނިންމާފައިވަނިކޮށް އެ މައްސަލަ އަލުން ބަލަން ދިވެހި ސަރުކާރުން ވެސް ނިންމީ އެވެ.

އުމުރުން 21 އަހަރުގެ ރައުދާ ދަންޖެހިފައި ހުއްޓައި ފެނުނީ 2017 އަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހު، އެވެ.

ކޯޓު އަމުރެއްގެދަށުން އެ މައްސަލަ ފަސްވަނަ ފަހަރަށް ބެލުމާ ހަވާލުވީ ބަނގުލަދޭޝްގެ ޕޮލިސް ބިއުރޯ އޮފް އިންވެސްޓިގޭޝަން އެވެ. އެ އިދާރާއިން އިންވެސްޓިގޭޝަން އޮފިސަރެއްގެގޮތުގައި ހަމަޖެއްސީ އަލަމްގިރް ހުސައިންއެވެ. ހުސެއިން ވަނީ މި ހާދިސާ ހިނގި ތަނަށް ގޮސް ތަހުގީގުކޮށްފައެވެ.

ރައުދާގެ ބައްޕަ ވަނީ 2017 ވަނަ އަހަރުގެ އެޕްރީލް މަހު، ރައުދާ މަރާލީ ކަމަށް ބުނެ މައްސަލަ ފުލުހުންނަށް ހުށައަޅާފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް