ހަތިޔާރު ގުދަންތައް ގޮވާ ސަބަބަކަށް، ދުނިޔެ ހޫނުވުން
16 ނޮވެންބަރ 2019 - 13:22:35
ފާއިތުވި ސާޅީހަކަށް އަހަރު ތެރޭގައި 600 އަށް ވުރެ ގިނަ، ހަތިޔާރު ގުދަން ގޮވާފައި ވާ ކަމަށް، މަޝްހޫރު ސައިންސް މަޖައްލާ، "ސައިންޓިންޓިފިކް އެމެރިކަން" އިން ރިޕޯޓްކޮށްފި އެވެ. ސައިންޓިންޓިފިކް އެމެރިކަން އިން ބުނާ ގޮތުގައި، މި ފަދަ ބައެއް ގޮވުންތަކުގައި، ހާހެއްހާ މީހުން އެއްފަހަރާ މަރުވެފައި ވެ އެވެ.

މިލިޓަރީ ހަތިޔާރު ގުދަންކޮށް، ރައްކާކުރެވެނީ ޒަމާން ދަންނަ އެއްމެ ރައްކާތެރި މާހައުލުތަކުގަ އެވެ. އެހެންކަމުން، ހަމަ ހުރެލާފައި މުޅި ގުދަން ގޮވަންޖެހޭ ސަބަބު ނޭނގި އަހަރުތަކެއް ވަނީ ފާއިތުވެފަ އެވެ.
ސައިންޓިންޓިފިކް އެމެރިކަން އިން ބުނާ ގޮތުގައި، މިލިޓަރީ ހަތިޔާރު ގުދަންތައް ގޮވަން މެދުވެރިވެފައި ވަނީ މޫސުން ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ. ދުނިޔޭގެ ހޫނުމިން މައްޗަށް ދިއުމަކީ ހަތިޔާރު ގުދަންކުރުމަށް ނުރައްކާކުރާ ކަމެއްކަން ވަނީ ހޯދިފަ އެވެ.
އެމެރިކާގައި، ސިފައިގެ ތެރޭގައި ހަތިޔާރު ބެލެހެއްޓުމަށް ޚާއްސަ އޮފިސަރުން ބުނާ ގޮތުގައި، މި ފަދަ ހާދިސާތައް އެންމެ ގިނައިން ހިނގާފައި ވަނީ، މޫސުން ބަދަލުވަމުން ގޮސް، ކޮންމެ އަހަރެއްގެ ވެސް ހޫނު މޫސުމުގަ އެވެ. އިންސާނުންނަށް ހެދޭ ގޯސްތަކުގެ ސަބަބުން ވެސް ހަތިޔާރު ގުދަންތައް ގޮވާފައި ހުރި ކަމަށް އެ މީހުން ބުނެ އެވެ.
މިލިޓަރީން ހަތިޔާރު އަދި ބަޑިބޭސް ފަދަ ގޮވާ ތަކެތި ގުދަންކުރަނީ ކޮން އުސޫލަކުން އަދި ކޮން ތަންތަނެއްގައި ކަމެއް އާންމުންނަކަށް ނާންގަ އެވެ. އެއީ ކޮންމެހެން އާންމުންނަށް އެނގެން ޖެހޭ ކަމަކަށް ނުވާތީ އެވެ. އެހެން ނަމަވެސް، އާންމުންނަށް ބިރަކަށް ވާ ހިސާބެއްގައި ގުދަނެއް ގޮވުން އެއީ، އެ ގުދަނެއްގައި ހުރި އެއްޗެއް އާންމުންނަށް އެނގެން ޖެހޭ ސަބަބެއް ކަމަށް ގަބޫލުކުރެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް