ސަޕޯޓަރުންނާއި ޝޯގެ ބައިވެރިން ވެސް މުނިފޫހިފިލުވައިދޭ ބައިވެރިއެއްގެ ގޮތުގައި ރާކީ ފާހަގަކުރެވިގެން ދާއިރު މި ފަހުން ދޫކޮށްލި ޕްރޮމޯ އިން ފެނިގެންދަނީ ރުބީނާގެ ފިރިމީހާ، އަބިނޭވް ޝުކްލާ ކަމުގޮސްގެން އެ ވާހަކަ ރާކީ ދައްކާ މަންޒަރެވެ.
މިދިޔަ އަހަރުގެ ތެރޭގައި ރާކީ ވަނީ އޭނާ މީހަކާއި އިން ހަބަރު ހިއްސާކޮށްފަ އެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ފިރިމީހާގެ ފޮޓޯއެއްގެ ހިސާބު ވެސް ދައްކާލާފައި ނުވާއިރު އޭނާ މީހަކާ އިން ކަމާއި މެދު ވެސް މީހުން ސުވާލު އުފައްދަ އެވެ.
ކޮންމެއަކަސް އިއްޔެ ބިގްބޮސްގެ އޮފިޝަލް ޓްވިޓާ މެދުވެރިކޮށް ހިއްސާކުރި ވީޑިއޯ އިން ފެންނަނީ އޭނާ ބޭނުންވަނީ އެންމެންގެ ކުރި މައްޗަށް އޭނާގެ ފިރިމީހާ ވެސް އަންނަން ކަމަށް ބުނެފަ އެވެ. އޭގެ ފަހުން ރުބީނާގެ ފިރިމީހާ ޖަހައިގަތުން ވާނީ ކިހިނެެއްތޯ ބުނެ، ރާކީ ވަނީ އަބީނޭވްގެ ރީތި ކަމަށް ތައުރީފްކޮށްފަ އެވެ.
ރާކީ އުޅޭ ގޮތް މަޖާވެގެން ގިނަ ބަޔަކު އެ ވާހަކަ ދައްކަމުން އަންނައިރު މި ފަހަރުގެ ޝޯ މަޖާވާ ސަބަބަކީ އެއީ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.